Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް މާކެޓިން އެން ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ

އައިޓީބީ ބާލިންގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަން ފަށައިފި

އައިޓީބީ ބާލިންގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ފަށައިފިއެވެ.

މި ފެއާ ކުރިއަށް ދާނީ މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ހަ ވަނަ ދުވަހާއި ހަމައަށް މެސޭ ބާލިންގައެވެ. މި ފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ 89 ކުންފުންޏެއް ތަމްސީލް ކުރާ 200 މަންދޫބުންގެ ވަފުދެއް ބައިވެރިވެއެވެ.

މި ފެއާގައި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ފަތުރުވެރިކަމުގެ ތަފާތު ތަޖުރިބާތައް ދައްކުވައިދޭ ގޮތަށް 504 އަކަމީޓަރުގެ ޑަބަލް ޑެކާ ސްޓޭންޑެއް މީޑިއާ އަދި ޓްރެވަލް ޓްރޭޑާއެކު މީޓިންތައް ބޭއްވުމަށް ފަސޭހަވާނެހެން ފަރުމާކޮށްފައިވާއިރު ވީއައިޕީ މީޓިން ރޫމަކާއި ތިން އިންޑަސްޓްރިއަލް މީޓިން އޭރިއާ ގެ އިތުރުން މި ހުރިހާ ތަނެއްގައި ފޮޓޯ ބެކްޑްރޮޕް އަދި 360 ޑިގްރީގެ ފޮޓޯ ބޫތު ފަދަ ހިތްގައިމު ކަންތައްތައް ހިމެނޭ ކަމަށް އެމްއެމްޕީއާރުސީ އިން ބުނެފައިވެއެވެ.

އެމްއެމްޕީއާރުސީ އިން ބުނީ މި ސްޓޭންޑުގައި ރާއްޖޭގެ ޓޫރިޒަމާއި ގުޅޭ މުހިންމު މައުލޫމާތު ހިމެނޭ ލީފްލެޓް ބެހުން، މީޑިޔާތަކަށް އިންޓަވިއު ދިނުމުގެ އިތުރުން ރާއްޖޭގެ ސަގާފަތް ދައްކުވައިދޭ ޓްރެޑިޝަނަލް ކޯނަރެއްވެސް ހިމެނޭ ކަމަށެވެ.

މި ފެއާގައި އެމްއެމްޕީއާރުސީ އިން "ދަ ނެކްސްޓް ޗެޕްޓާ އޮފް މޯލްޑިވްސް ޓޫރިޒަމް - ބާލިން އެޑިޝަން" ގެ ނަމުގައި ހާއްސަ ސެމިނާއެއް ބާއްވައިފައިވެއެވެ. މި ސެމިނާގައި އާ މާކެޓް ސެގްމަންޓްތައް ހޯދުމަށާއި، ބުކިންގ އިތުރުކޮށް، ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް ސަރުކާރާއި ސިނާއަތުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައި މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން މިި ފެއާގެ ތެރެއިން ކުރިއަށް ގެންދިޔަ ވަން އޮން ވަން ބައްދަލުވުންތަކުގެ ސަބަބުން ފެއާގެ ބައިވެރިވި ދާއިރާގެ ފަރާތްތަކަށް ލިވްއަބޯޑާއި ޑައިވިން އެކްސްޕީރިއެންސް އާއި ލަގްޒަރީ ރިސޯޓްތަކާއި ގެސްޓްހައުސްތައް އަދި އާއިލީ ޗުއްޓީ ފަދަ ވަކިވަކި އުފެއްދުންތަކާއި ޕްރޮޕަޓީތައް އިޝްތިހާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި ފެއާގައި އެމްއެމްޕީއާރުސީން ބައިވެރިވުމުގެ މަގުސަދަކީ ދުނިޔޭގެ ފަތުރުވެރިކަމުގައި ރާއްޖެއިން ހޯދާފައިވާ މަތީ މަގާމު ދަމަހައްޓައި ޖަރުމަނު ބަހުން ވާހަކަދައްކާ ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމެވެ.

ޖަރުމަނުވިލާތުން މި އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް 14،119 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ