ވިނަރެސްގެ ލިފްޓުތަކުގެ މެއިންޓެނެންސް ބަލަހައްޓައިދޭނެ ބަޔަކު ހޯދުމަަށް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން އިން އިއުލާނުކޮށްފިއެވެ.
އެޗްޑީސީ އިން އިއުލާނުގައި ބުނެފައިވަނީ ވިނަރެސްގެ ދިހަ ޓަވަރުގެ ލިފްޓުތަކުގެ މެއިންޓެނެންސް ބަލަހައްޓަައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ބީލަން ހުށަހެޅޭނީ ދިވެހި ކުންފުނިތަކަށް އެކަނި ކަމަށެވެ.
ބީލަން ހުށަހަޅާއިރު އެޗްޑީސީގެ އެއްވެސް ފަރާތަކާ އެއްވެސް ގުޅުމެއް އޮތްނަމަ އެކަން ސާފުކޮށްދޭން ޖެހޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.
މިކަމާއި ގުޅޭ ޕްރީ ބިޑް މީޓިން އޮންލައިންކޮށް ކުރިއަށް ދާނީ 10 މާޗް 2025 ވަނަ ދުވަހުގެ 11:00 ގައެވެ. ބީލަން ހުށަހެޅުމުގެ ސުންގަނޑިއަކީ 18 މާޗް 2025 ވަނަ ދުވަހުގެ 11:00 އެވެ. އަދި ބިޑު ހުޅުވުން ކުރިއަށް ދާނީ ހަމައެދުވަހު ގެ 11:00 ގައެވެ.
ވިނަރެސް ފްލެޓްތަކަކީ ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާއި ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވާ 13 ބުރީގެ 10 ޓަވަރު ގެ މަޝްރޫއުއެކެވެ. މި މަޝްރޫއުގައި ގާއިމްކޮށްފައިވަނީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެވެ.