Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން

ނާސިފް އެޗްޑީސީގެ ޗެއާމަން ކަމުން ވަކިކޮށް ވެމްކޯއަށް އައްޔަންކޮށްފި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަހުމަދު ނާސިފް (ޑީޑީ) އެމަގާމުން ވަކިކޮށް ވެމްކޯގެ ޗެއާމަން ކަމުގެ މަގާމަށް އައްޔަން ކޮށްފިއެވެ.

ޕީސީބީ އިން ބުނީ އެޗްޑީސީގެ ޗެއާމަން ކަމުގެ މަޤާމުގައި ހުންނެވި ނާޞިފް، އެ މަޤާމުން ވަކިކޮށް ވެމްކޯގެ ޗެއާމަން ކަމުގެ މަޤާމަށް މިއަދު ވަނީ އައްޔަނުކޮށްފައި ކަމަށެވެ. އެބަދަލު ގެނައި ސަބަބެއް ޕީސީބީ އިން ނުބުނެއެވެ.

ވެމްކޯގެ ޗެއާމަންކަމަށް ނާސިފް އައްޔަން ކުރެއްވިއިރު ވެމްކޯއަށް މިސަރުކާރުން މީގެ ކުރިން ޗެއާމަންއެއް އައްޔަން ކުރައްވާފައެއް ނުވެއެވެ.

ނާސިފް އެޗްޑީސީގެ ޗެއާމަންގެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރ 06 ވަނަ ދުވަހު އެވެ. އޭގެ ކުރިން އޭނާ ހުންނެވީ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ޗެއާމަންގެ މަގާމުގައެވެ. ވެމްކޯގެ ޗެއާމަން ކަމުގެ މަގާމަށް ނާސިފް އައްޔަން ކުރެއްވުމުން ވެމްކޯ ވެގެން ދާނީ މިސަރުކާރުގައި ނާސިފް ޗެއާމަންގެ މަގާމުން ފުރުއްވާ ތިންވަނަ ކުންފުންޏަށެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ނާސިފް ވަނީ ތިލަފުށީ ކޯޕަރޭޝަނާއި، އެޗްޑީސީގެ ޗެއާމަންކަން ކުރަވާފައެވެ.

މި ލިއުމާއި ގުޅޭ