Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިފްކޯ

މިފްކޯގެ ސީއީއޯ މަގާމުން ވަކިކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމުގައި ހުންނެވި ޑރ. ވިޓާލީ ލިއުބިމޮވް މިއަދު އެ މަޤާމުން ވަކިކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިކަން އިޢުލާންކުރީ ސޯޝަލްމީޑިއާގައި މިރޭ ކުރި ޕޯސްޓެއްގައެވެ. ވިޓާލީ މަޤާމުން ވަކިކުރި ސަބަބެއް ޕްރައިވެޓައިޒޭޝަން ބޯޑުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ރ. ވިޓާލީ ލިއުބިމޮވް މިފްކޯގެ ސީއީއޯގެ މަޤާމަށް އައްޔަންކޮށްފައިވަނީ މިދޔަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.

ޑރ. ވިޓާލީގެ ލިންކްޑްއިން ޕްރޮފައިލްގައި ބުނެފައިވާ ގޮތުގައި އޭނާ ވަނީ އިކޮނޮމިކްސް އާއި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވައިފަ އެވެ. އޭނާ އަކީ އަޑިއަޅާލާފައިވާ ކުންފުނިތައް ދެމެހެއްޓެނިވި ވިޔަފާރި މޮޑެލްއަކަށް ބަދަލުކުރުމުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ.

ޑރ.ވިޓާލީ ވަނީ ބައެއް ބޭންކުތަކުގެ ކްރިޑިޑް އަދި ޑިޕާޓްމަންޓުގެ އިސްވެރިއެއްގެ ގޮތުގަ އާއި ބައެއް ކުންފުނިތަކުގެ ބޯޑް މެންބަރުކަމާއި އެޑްވައިޒަރުކަން ކުރައްވާފައެވެ. އަދި ބައެއް ކެޕިޓަލް ފަންޑުތަކުގެ ޗީފް ރިސްކް އޮފިސަރުކަން ވެސް ކުރައްވާފައިވެއެވެ.

މިފްކޯއިން ވަނީ މިދިޔަމަހުގެ ތެރޭގައި އެ ކުންފުނީގެ 3 ޖެނެރަލް މެނޭޖަރުން މަޤާމުން ވަކިކޮށްފައެވެ. މިފްކޯއިން ބުނި ގޮތުގައި ކުންފުނީގެ ހިންގުން މިހާރަށްވުރެ ހަރުދަނާކުރުމަށް ކުރިއަށްގެންދާ އިސްލާހީ އެޖެންޑާގެ ދަށުން، މެނޭޖުމަންޓު ޕަރފޯމަންސް ރިވިއުކޮށް، ގެންނަންޖެހޭ ވަގުތީ އަދި ދާއިމީ މުހިންމު ބަދަލުތައް މިހާރު ދަނީ ގެންނަމުންނެވެ.

މި ލިއުމާއި ގުޅޭ