Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޫރިދޫ

"ކަރާ ފަޅައިގެން" އުރީދޫގެ ގިނަ އިނާމުތަކެއް

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ރޯދަމަހާއި ދިމާކޮށް "ކަރާ ފަޅައިގެން" އުރީދޫއިން ތަފާތު އިނާމުތަކެއް ލިބޭ ޕްރޮމޯޝަންއެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މި ޕްރޮމޯޝަންއާއި ގުޅިގެން އެ ކުންފުނިން ބުނީ މި ޕްރޮމޯޝަންގައި އެ ކުންފުނީގެ ސުޕަ އެޕްގައި އެކްޓިވް އެންމެންނަށް ބައިވެރިވެވޭނެ ކަމަށާއި "ކަރާ ފަޅައިގެން" ކޮންމެ ދުވަހަކު ވެސް އިނާމުތަކެއް ލިބޭނެ ކަމަށެވެ.

އެގޮތުން ކޮންމެ ދުވަހަކު ހިލޭ ޑޭޓާ އެޑް އޮންސް، އެއާފްރަޔާ، ވެކިއުމް ކްލީނަރ، ނިންޓެންޑޯ ސްވިޗް، އެޕަލް ވޮޗް ފަދަ ހަދިޔާތައް ވެސް ކަރާ ފަޅައިގެން ލިބޭ މި ޕްރޮމޯޝަންގައި ގްރޭންޑް ޕްރައިޒް ލިބޭ ފަރާތަކަށް ދޭން ނިންމާފައި ވަނީ 10 އެޕަލް ޕްރޮޑަކްޓްސް ހިމެނޭ ބޮޑު ބަންޑަލް އެކެވެ.

ގްރޭންޑް ޕްރައިޒް ގެ ގޮތުގައި ލިބޭ ބަންޑަލްގެ ތެރޭގައި ހިމެނެނީ އެޕަލް އައިފޯން 16 ޕްރޯ، މެކްބުކް އެއާ، އެއާޕޮޑްސް 4، އެޕަލް ވޮޗް، އެޕަލް ޓީވީ، އެޕަލް ހޯމްޕޮޑް، އެޕަލް އައިޕެޑް، އެޕަލް ޕެންސިލް، އެއާޕޮޑްސް މެކްސްގެ އިތުރުން 65 އިންޗީގެ ޓީވީ އެކެވެ.

ކަރާ ފެޅުމުގެ އިތުރުން މި ރޯދަ މަހުގައި ރޯދައިގެ ނޫރު- ރަމަޟާން މަހުގެ ދަތުރެއްގެ ނަމުގައި ވެސް ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

މި ހަރަކާތަކީ ނޫރް ކިޔާ ކުޑަކުއްޖެއްގެ ފަރާތުން އޭނާގެ ފުރަތަމަ ރޯދަމަހުގެ ސިފަކުރުންތަކެއް ގެނެސްދޭނެ ކަމަށާއި އެގޮތުން ނޫރަށް އޭނާގެ ބައްޕަގެ ފަރާތުން ހާއްސަ ފޮތެއް ލިބުމާއެކު، ރަމަޟާން މަހުގެ ރިވެތި ސިފަތައް ކަމުގައިވާ ކެތްތެރިކަމާއި، ނަމާދާއި ދީލަތިކަން ޒަމާނީ އިސްލާމީ ވާހަކަތަކުން ނޫރު ރޯދަމަހުގެ ދަތުރެއް ފަށައެވެ. ނޫރުގެ ތަޖުރިބާ މެދުވެރިކޮށް، ރަމަޟާން މަހުގެ އަސްލަކީ، އެމަހަށްވުރެ ވެސް ބޮޑަށް ފެތުރިފައިވާ އެއްޗެއްކަން ހަނދާންކޮށްދީ، އޯގާތެރިކަމާއި، ވިސްނުމާއި، އެއްބައިވަންތަކަމުން ފުރިގެންވާ ދިރިއުޅުމެއް އުޅުމަށް މަގުދައްކައިދެއެވެ.

އުރީދޫއިން ބުނީ މި ރޯދަމަހުވެސް ގިނަ އިނާމު ތަކާ އޮފާތަކާއެކު ގާތް ނުވަތަ ދުރުގައި ވިޔަސް ގާތް ތިމާގެ މީހުންނާ ރައްޓެހިންނާއި ގުޅުން ބަހައްޓަން ފަރުމާކޮށްފައިވާ ކަސްޓަމަރުންނަށް ތައާރަފްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި މި ހަދިޔާތަކާއެކު މިއަހަރު ކަރާ ފެޅުން އުފާވެރި މަޖާ ތަޖުރިބާއަކަށް ވެގެން ދާނެކަމަށް ޔަގީން ކުރާ ކަމަށެވެ.

މި ލިއުމާއި ގުޅޭ