Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

ބޭ އޮފް ބެންގޯލް ޕްރޮގްރާމަކީ ދިވެހިރާއްޖެއަށް މުހިންމު ޕްރޮގްރާމެއް: ޝިޔާމް

ބޭ އޮފް ބެންގޯލް ޕްރޮގްރާމަކީ ދިވެހިރާއްޖެއަށް އަބަދުވެސް ވަރަށް މުހިންމު ޕްރޮގްރާމެއް ކަމުގައި މަސްވެރިކާމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ ބޭ އޮފް ބެންގޯލް ޕްރޮގްރާމް އިންޓަރ-ގަވަރމެންޓަލް އޯގަނައިޒޭޝަން (ބީއޯބީޕީ-އައިޖީއޯ) ގެ 13ވަނަ ގަވަނިން ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ބީއޯބީޕީ-އައިޖީއޯ ގެ ބައްދަލުވުން ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރު ޝިޔާމުއެވެ.

ޝިޔާމު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ އަމިއްލަވަންތަކަމާއި، އިގްތިސާދާއި، ސަގާފަތުގެ މައިގަނޑު އެއްބަޔަކީ ކަނޑު ކަމަށާއި ދިވެހިރާއްޖޭގެ މަސްވެރިކަން މެނޭޖްކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމުގައި ބީއޯބީޕީ-އައިޖީއޯ އިން އަދާކުރަނީ މުހިއްމު ރޯލެއް ކަމުގައި ފާހަގަކުރެއްވިއެވެ.

ބީއޯބީޕީ-އައިޖީއޯ އިން ރާއްޖޭގެ މަސްވެރިކަމަށް ފޯރުކޮށްދޭ އެހީތަކުގެ ތެރޭގައި މަސްވެރިކަން މެނޭޖްކުރުމުގެ ތަމްރީނު ޕްރޮގްރާމްތަކާއި އައިޔޫޔޫ މަސްވެރިކަމާ ދެކޮޅަށް މަސައްކަތްކުރުމާއި މޮނިޓަރިން އާއި ސްޓޮކް އެސެސްމަންޓް ޓެކްނިކްތައް ދަސްކޮށްދިނުން ހިމެނެއެވެ.

މިއަހަރުގެ ބައްދަލުވުމުގައި މަސްވެރިކަން މެނޭޖުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި އައިޔޫޔޫ މަސްވެރިކަމާއި ދެކޮޅަށޤ ކުރާ މަސައްކަތުގައި އިތުރު ކުރިއެރުންތައް ހޯދޭނެ ގޮތްތަކާއިމެދު މަޝްވަރާކުރެވޭނެއެވެ. އަދި މަސްވެރިކަން ކުރާ އުޅުނަދުފަހަރު މޮނީޓާކުރުމުގެ ނިޒާމު ހަރުދަނާކުރުމާމެދުވެސް މަޝްވަރާކުރެވޭނެއެވެ.

މި ލިއުމާއި ގުޅޭ