Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ

ރޯދަ މަހު އިސްލާމީ މަރުކަޒުގައި ތަރާވީހު ނަމާދު ކުރަނީ ޒުވާން ޚަތީބުން

މިއަހަރުގެ ރަމަޟާން މަހު އިސްލާމީ މަރުކަޒުގައި އިމާމްވެ ތަރާވީހު ނަމާދު ކުރާނީ ޒުވާން ޚަތީބުންކަމަށް އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އަހާ ފޯރަމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އިމާމުވެ ތަރާވީހު ނަމާދު ކޮށްދެއްވާނީ އިސްލާމީ މަރުކަޒުގެ އިމާމު އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި، އަލްޙާފިޒް ޢުވައިސް ބިން އިނާޒް، އަލްޙާފިޒް ޚިޟްރު ބިން ޢިމާދުގެ އިތުރުން އައްޝައިޚު އަލްޙާފިޒް ސުލްޠާން މުޙައްމަދު ލަޠީފް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސުލްޠާން މުޙައްމަދު ލަޠީފް މި ޓީމާ ގުޅޭނީ ފަހު ދިހައިގައި ކަމަށެވެ. މީގެ އިތުރުން، ފަހު ދިހައިގައި ދަމު ނަމާދު އިމާމުވެ ކުރާނީ އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި އައްޝައިޚު އަލްޙާފިޒު ސުލްޠާން މުޙައްމަދު ލަތީފްކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަމާޒަކީ މުސްތަޤުބަލަށް މި ޤައުމު ފަޚުރުވެރިވާ ފަދަ ޒުވާން އިސްލާމީ ޝަޚްޞިއްޔަތުން ނެރުންކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި އިމާމުންގެ ތެރޭގައި ހިމެނޭ ސަލްމާންއާ ސުލްތާން އަކީ މަރުކަޒުގެ އިސް އިމާމު އައްޝައިހް މުހައްމަދު ލަތީފްގެ ދެ ބޭފުޅުންނެވެ. ސުލްތާން އަކީ މަދީނާގައި ކިޔަވާ ދަރިވަރެކެވެ. މިދިޔަ އަހަރުވެސް މަރުކަޒުގައި އިމާމުވެ ތަރާވީސް ކުރީ ސުލްތާނާއި ސަލްމާނެވެ.

މި ލިއުމާއި ގުޅޭ