Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާ

ސަރުކާރުން އެޅި ފިޔަވަޅުން ބްލެކް މާކެޓުގައި ޑޮލަރުގެ އަގު ދަށްވި: ޠާރިޤު

ސަރުކާރުން އެޅި ފިޔަވަޅުން ބްލެކް މާކެޓުގައި ޑޮލަރުގެ އަގު ދަށްވި ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޠާރިޤު މިފަދައިން ވިދާޅުވީ އަހާ ފޯރަމްގައި ފޯންކޯލް މެދުވެރިކޮށް ސަރުކާރުން ޑޮލަރުގެ އަގު ދަށްކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ޠާރިޤު ވިދާޅުވީ ރިސޯޓުތަކަށް ލިބޭ އާމްދަނީން ވަކި އަދަދެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން ލާޒިމްވާ ޤަވާއިދުގެ ދަށުން ޑޮލަރު މާރުކުރަން ފެށުމާއެކު ޑޮލަރުގެ އަގު ބްލެކް މާކެޓުގައި ދަނީ ދަށަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށާއި ކުރިއަށް އޮތް ރަމަޟާން މަހު އުމްރާއަށް ދާ މީހުންނަށް އިތުރު 1،500 ޑޮލަރު ހަމަޖައްސައި ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި އެކަން ކަމަކީ ރިސޯޓުތަކަށް ލިބޭ އާމްދަނީން ވަކި އަދަދެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން ލާޒިމް ކުރުމުން ފެންނަމުންދާ ހެޔޮ ބަދަލުތައް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ޤަވާއިދާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ރާއްޖޭގައި ހިންގާ ގިނަ ރިސޯޓުތަކުން އެ ގަވާއިދަށް ތަބާވެ ޑޮލަރު މާރުކުރާ ކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ އެމްއެމްއޭގެ ގަވަނަރު އެންމެ ފަހު ހިއްސާ ކުރެއްވި މައުލޫމާތުގައިވާގޮތުން 25 މިލިއަނަށް ވުރެ ގިނަ ޑޮލަރު ބޭންކްތަކަށް މާރުކޮށްފައިވާ ކަމަށެވެ.

ބޭރުފައިސާއާ ބެހޭ ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މިދިޔަ އޮކްޓޯބަރު މަހު އެމްއެމްއޭއިން އާންމުކުރި ބޭރުފައިސާ އާ ބެހޭ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން, މިދިޔަ އަހަރުގެ ފަހު ތިން މަހު އައި ފަތުރުވެރިންގެ ބޮލަކަށް ޑޮލަރު މާރުކުރުމަށް ރިސޯޓުތަކަށް ލާޒިމް ވާނެއެވެ.

ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ވިޔަފާރިތައް ދެ ކެޓަގަރީއަށް ބަހާލާފައި ވާއިރު، ފުރަތަމަ ކެޓަގަރީގައި ހިމެނެނީ ރިސޯޓުތައް އެކަންޏެވެ. ބިލުގައި ވާ ގޮތުން، ރިސޯޓުތަކުން އެތަންތަނަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު، ނުވަތަ ވިޔަފާރިއަކަށް އެ މަހަކަށް ލިބޭ އާމްދަނީގެ 20 އިންސައްތަ މާރުކުރެވިދާނެއެވެ. އެ ފައިސާ މާރުކުރަންޖެހޭނީ ކޮންމެ މަހެއްވެސް ނިމުމުން ޖެހިގެން ތިންވަނައަށްވާ މަހުގެ 28 ވަނަ ދުވަހުގެ ކުރިންނެވެ.

މި ލިއުމާއި ގުޅޭ