Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް

ހުޅުލޭ ފަޅުތެރެއަށް ކަޅުތެޔޮ އެޅިގެން ސާފުކުރަން ފަށައިފި

ހުޅުލެ ފަޅުތެރެއަށް ކަޅުތެޔޮ އެޅިގެން ސާފުކުރަން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ހުޅުލެ އައިލެންޑް ހޮޓަލާ ދިމާލު، ހުޅުލެ ފަޅުތެރެއަށް ކަޅުތެޔޮ އެޅިގެން ސާފުކުރުމަށް، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު 15:20 ހާއިރުއެވެ.

ހާދިސާގެ މައުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވަނީ އެ ސަރަހައްދަށް ގޮސް ފަޅުތެރެއަށް އެޅިފައިވާ ތެޔޮތައް ސާފުކުރުމުގެ މަސައްކަތް ފެށި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މި ލިއުމާއި ގުޅޭ