"ރޯދަ ސާފު" ޕްރޮގްރާމްގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ގިނަ މުވައްޒަފުންތަކެއް ބައިވެރިވެއްޖެއެވެ.
އެމްއޭސީއެލްއިން ބުނީ މި ހަރަކާތުގައި އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓްތަކުން 500 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވިއެވެ.
މި ޙަރަކާތުގައި އެމްއޭސީއެލްގެ ޓީމްތަކުން ސާފު ކުރީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އެކި ސަރަހާއްދުތަކެވެ. އެމްއޭސީއެލް އިން އަބަދުވެސް އެއާޕޯޓް ސާފު ކުރުމުގެ ހަރަކާތްތައް "ގްރީން އެއާޕޯޓް" އިނިޝިއޭޓިވްގެ ދަށުން އަހަރުގެ އެކި ދުވަސްވަރު ކުރިޔަށް ގެންދެއެވެ.
މި ހަރަކާތަކީ ކުރިއަށް އޮތް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން "ރޯދަ ސާފު" ގެ ނަމުގައި މުޅި ރާއްޖެ ސާފުކުރުމުގެ ހަރަކާތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ޙަރަކާތުގައި ދައުލަތުގެ ބައެއް ވުޒާރާތަކާއި ކުންފުނިތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި، އެމް.އެން.ޑީ.އެފް އަދި މާލޭ ސިޓީ ކައުންސިލުން ވެސް ބައިވެރިވެއެވެ.
"ރޯދަ ސާފު" ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތަކީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާއި މިނިސްޓްރީ އޮފް ދިވެހި ލޭންގްއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖުން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.