Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ފިޓްނަސް ނެޝަނަލް ޕްރޮގްރާމް ސްކޫލުތަކުގައި ފެށުމުގެ މަޝްވަރާތައް ދަނީ ކުރިއަށް: ސްޕޯޓްސް މިނިސްޓަރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ފިޓްނަސް ނެޝެނަލް ޕްރޮގްރާމު ފެށުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ރާފިއު މިފަދައިން ވިދާޅުވީ ދުޅަހެޔޮ ސިއްހަތަކަށް އަހުލުވެރިކުރުވުމުގެ ޤައުމީ ކެމްޕޭން އިފްތިތާހު ކުރުމަށް ޤައުމީ ޔުނިވަރސިޓީން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ ހަރަކާތްތެރި ދިރިއުޅުމެއް އުޅުމަށް އެންމެން ވެސް ބާރު އަޅަންޖެހޭ ކަމަށެވެ. އަދި ރަނގަޅު ކާނާ ކެއުމާއި ދުޅަހެޔޮ ދިރިއުޅުމުގެ ސަޤާފަތެއް ބިނާކުރަން ޖެހޭ ކަމަށެވެ.

ރާފިއު ވިދާޅުވީ އެކި ފިޓްނަސް ޕްރޮގްރާމުތައް ހިންގާ، މިފަދަ ޕްރޮގްރާމުތަކުގެ މުހިންމުކަން އާންމުންނަށް އަންގައިދޭންޖެހޭ ކަމަށެވެ. އެކި ތަންތަނުން ސިއްހަތަށް ރަނގަޅު ކާނާ ލިބޭނެ އިންތިޒާމު ހަމަޖައްސަންޖެހޭނެކަން ފާހަގަކުރައްވާ ރާފިއު ވިދާޅުވީ ދުޅަހެޔޮ މުޖުތަމައުއެއް ބިނާ ކުރުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރާ ކަމަށެވެ. އެގޮތުން ސަރުކާރުން ހަށިހެޔޮ ރާއްޖެ ޕްރޮގްރާމު ހިންގަމުންދާ ކަމަށެވެ.

މި ޕްރޮގްރާމުގައި މިހާތަނަށް ހުރިހާ ރަށެއްގައި 260ށްވުރެ ގިނަ ލީޑަރުން ތަމްރީނުކޮށްފައިވާއިރު މި ލީޑަރުންނަކީ ހުރިހާ އުމުރުފުރާތަކަށް ފިޓްނަސް ޕްރޮގްރާމް ހިންގައިދޭ މުހިންމު މަންދޫބުންތަކެއް ކަމަށް ރާފިއު ވިދާޅުވިއެވެ. އަދި ޕްރޮގްރާމަށް ޔުނިފެސްގެ އެހީތެރިކަންވެސް ލިބުނުކަން ފާހަގަކުރެއްވިއެވެ.

ރާފިއު އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ފިޓްނަސް ނެޝެނަލް ޕްރޮގްރާމު ފެށުމުގެ މަޝްވަރާތައް އެޑިއުކޭޝަން މިނިސްޓްރީއާއެކު ކުރިއަށްދާ ކަމަށެވެ. އޭގެ ބޭނުމަކީ ޅަ ދަރިންނަށް ޅަފަތުގައި ދުޅަހެޔޮ މުޖުތަމައުއެއްގައި އުޅުމަށް އަހުލުވެރިކުރުމާއި ބާރު އެޅުން ކަމަށެވެ.

މުޖުތަމައުގެ ކޮންމެ މީހަކު ވެސް ސިއްހީ ދުޅަހެޔޮކަމަށް ސަމާލުކަންދީ، ރަނގަޅު އާދަތައް އަށަގެންނެވުމަށް ސްޕޯޓްސް މިނިސްޓަރު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
މި ލިއުމާއި ގުޅޭ