Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޑަކުދިންގެ އަދުލު

ކުޑަކުދިން ކުށްތަކަށް އަރައިގަންނަން މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ހަދަނީ

ކުޑަކުދިން ކުށްތަކަށް އަރައިގަންނަން މެދުވެރިވާ ސަބަބުން ދެނެގަތުމަށް ދިރާސާއެއް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ބުނެފިއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޖުވެނައިލް ޖަސްޓިސްގެ ސޯޝަލް ސާވިސް ކޯޑިނޭޓަރު ޙައްވާ ޒިމްނާ ވިދާޅުވީ މިދިރާސާގެ މަސައްކަތް ކުރުމަށް އައިޔޫއެމްއާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި ޕްރޮޕޯސަލްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

މި ދިރާސާ ހެދުމަށް ފަންޑިން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، އަހަރުގެ ތެރޭގައި ދިރާސާ ނިންމައި ޝާޢިއުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެކުރިން އެފަދަ ދިރާސާއެއް ކޮށްފައި ނުވާކަން ފާހަގަކޮށް އޭނާ ވިދާޅުވީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން ކުޑަކުދިން ކުށަށް އަރައިގަންނަން ޖެހޭ ސަބަބުތައް ދެނެގަތުމަށް ބާރު އަޅާ ކަމަށެވެ.

ރާއްޖޭގައި ކުށްތަކަށް އަރައިގަންނަ ކުދިން އިތުރުވަމުންދާކަން ތަފާސްހިސާބުތަކުން ދައްކާއިރު، އެފަދަ ކަންކަމަށް ކުޑަކުދިން ހުށަހެޅޭ ސަބަބުތައް ދެނެގަތުމަށް މީގެކުރިން ދިރާސާއެއް ކޮށްފައެއް ނުވެއެވެ.

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން، ކުށަށް އަރައިގަންނަ ކުދިންނާއި، ކުށަށް އަރައިގަތުމުގެ ފުރުޞަތުއޮތް ކުދިން އެފަދަ ކަންކަމުން ރައްކާތެރިކުރުމުގެ ޒިންމާ ކަމާއި ގުޅުންހުރި ހުރިހާ މުވައްސަސާއެއްގެ މައްޗަށް ވަނީ މަތިކޮށްފައެވެ.

ކުދިން މިފަދަ ކުށަށް އަރައިގަންނަން ޖެހޭ ސަބަބުތައް ދެނެގަނެ އެކަންކަން ހުއްޓުވުމަށް ވެސް ގާނޫނު ބާރުއަޅައެވެ.

މި ލިއުމާއި ގުޅޭ