ފެނަކަ އާއި ހަވާލު ކޮށްގެން ހިންގަމުން އައި އައިސް ޕްލާންޓްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ބެލުމުގެ ދަށަށް ރަސްމީކޮށް ބަދަލުކޮށްފިއެވެ.
މިކަމާއި ގުޅިގެން މިފްކޯ އިން މީޑިޔާ ތަކަށް ފޮނުވި މެސެޖުގައި ބުނީ ކުރިން ފެނަކައިން ހިންގަމުން އައި 14 އައިސްޕްލާންޓުގެ ހިންގުން މިފްކޯ އާއި ރަސްމީކޮށް ހަވާލުކޮށްފައިވާ ކަން އުފަލާއެކު ދަންނަވާ ކަމަށާއި މިވަގުތު އެ ކުންފުނީގެ ޓެކްނިކަލް އަދި އިންޖިނިއަރިންގ ޓީމުތައް ހުރިހާ ޕްލާންޓުތަކެއް ފުރިހަމަ ހިންގޭ ފެންވަރަށް އަނބުރާ ގެނައުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މިފްކޯއަށް ބަދަލުކޮށްފައިވާ އައިސްޕްލާންޓްތައް:
- ހއ. އިހަވަންދޫ"މި ބަދަލަކީ އަޅުގަނޑުމެންގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ޤާބިލުކަން ވަރުގަދަކުރުމުގައި މުހިންމު ފިޔަވަޅެއް. މި މަސައްކަތް އޮމާންކަމާއި ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް އެންމެންގެ އެއްބާރުލުން ލިބޭތީ އަޅުގަނޑުމެން އެކަން އަގުވަޒަންކުރަން." މިފްކޯ
ފެނަކަ އާއި ހަވާލުކޮށްގެން ހިންގަމުން އައި އައިސްޕްލާންޓްތައް މިފްކޯގެ ދަށަށް ބަދަލުކޮށްފައިވާއިރު އެކަމާއި ގުޅޭ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ސޮއި ކުރައްވާފައިވާއިރު މިފްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޑރ. ވިޓާލީ ލުބިމޯވް އެވެ.
މިއަދު މި އައިސްޕްލާންޓްތައް ރަސްމީކޮށް މިފްކޯ އާއި ހަވާލުކޮށްފައިވާއިރު މި އައިސްޕްލާންޓްތައް މިފްކޯގެ ދަށަށް ބަދަލު ކުރައްވާނެ ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިޒޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެފައިވެއެވެ. އަދި ފެނަކައިގެ ދަށުން އައިސްޕްލާންޓްތައް ރަނގަޅަށް ބެލެހެއްޓިފައި ނުވާ ކަމަށާއި އެ ކުންފުނީގައި އައިސް ޕްލާންޓާ ކުޅެން އެނގޭ މީހަކުވެސް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރު ވިދާޅުވިއެވެ.