Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ

ބާ މުޞްޙަފުތަކާއި ޤުރުއާނުގެ އާޔަތާއި ހަދީސް ހިމެނޭ ފޮތް ހަވާލު ކުރަން އެދިއްޖެ

މާލޭ ސަރަޙައްދުގެ ބާ މުޞްޙަފުތަކާއި ގުރުއާނުގެ އާޔަތް ނުވަތަ ހަދީޘް ހިމެނޭ އެފަދަ ދީނީ ފޮތްތަކާއި ލިޔުންތައް މާލެ ސިޓީ ކައުންސިލާއި ހަވާލު ކުރުމަށް އެ ކައުންސިލުން އެދިއްޖެއެވެ.

އެކައުންސިލުން މިފަދައިން އެދިފައިވަނީ ގެޒެޓު ކުރި އިއުލާނެއްގައެވެ. އެ އިއުލާނުގައި ބުނެފައިވަނީ މާލެ ސަރަހައްދުގެ ގޭގޭގައި ހުރި ނައްތާލަން ބޭނުންވާ ބާ މުޞްޙަފުތަކާއި ޤުރުއާނުގެ އާޔަތް ނުވަތަ ޙަދީޘް ހިމެނޭ އެފަދަ ދީނީ ފޮތްތަކާއި ލިޔުންތައް، އަހަރަކު 2 ފަހަރު ގޭގެއިން ގެނެސް އެ އިދާރާއާ ޙަވާލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މި އަހަރުގެ ފުރަތަމަ ބުރު، ގޭގެއިން ގެންނަ އެފަދަ ތަކެތި ބަލައިގަތުމުގެ އިންތިޒާމް މި މަހުގެ 16 ވަނަ ދުވަހުން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހަމަޖެހިފައިވާ ކަމަށާއި އެ މުއްދަތުގައި ފަލަސްތީން ހިނގުމުގައި ހުންނަ ވޭސްޓް ސެކްޝަނުގައި އެ ތަކެތި ބަލައިގަތުމަށް މޭޒެއް ބެހެއްޓިފައި ހުންނާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

މި ހަރަކާތް މިދިޔަ އަހަރުގައިވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

މާލެ ސަރަޙައްދުގެ ގެތަކާއި އޮފީސްތަކުގައި ހުރި ބާ މުޞްޙަފުތަކާއި ގުރުއާނުގެ އާޔަތް ނުވަތަ ހަދީޘް ހިމެނޭ އެފަދަ ދީނީ ފޮތްތަކާއި ލިޔުންތައް މާލެ ސިޓީ ކައުންސިލާއި ހަވާލު ކުރުމަށް އެ ކައުންސިލުން އެދިފައިވާއިރު ސަރުކާރުން ވަނީ ކުރިއަށް އޮތް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން "ރޯދަ ސާފު" ގެ ނަމުގައި މުޅި ރާއްޖެ ސާފުކުރުމުގެ ހަރަކާތެއް ފައްޓާފައެވެ.

މި ހަރަކާތަކީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާރކްސް އާއި މިނިސްޓްރީ އޮފް ދިވެހި ލޭންގްއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖުން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާޗް މަހުގެ އެއްވަނަ ދުވަހެވެ.
މި ލިއުމާއި ގުޅޭ