Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެސްޓީއޯ

ރޯދައާ ދިމާކޮށް އެސްޓީއޯއިން ފިޔާ ކިލޯއެއް 16 ރުފިޔާއަށް

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް އެސްޓީއޯއިން 16 ރުފިޔާއަށް ފިޔާ ކިލޯއެއް ވިއްކަން ފަށައިފިއެވެ.

ރަމަޟާން މަހަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމަށް އެސްޓީއޯއިން ވަނީ ކުރީ އަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް ޚާއްޞަ ތައްޔާރީތަކެއް ވެފައެވެ. މިގޮތުން މާކެޓްގެ އަގުތަކަށް އަންނަ ބަދަލުތައް ގަވާއިދުން ބަލަމުންގެންގޮސް، އަގު މައްޗަށްދާ ތަކެތި ފާހަގަކޮށް، އެކަމަށް އަވަސް ހައްލެއް ގެނައުމަށް ރާވާފައިވާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އޭގެތެރޭގައި ފިޔާ، ބިސް އަލުވި، ކާށި، ކަދުރު ފަދަ އަސާސީ ކާބޯތަކެއްޗާއި ތާޒާ ތަރުކާރީ އަދި މޭވާގެ އިތުރުން ޕްރޮސެސްޑް ކާނާ އަދި ކެއްކުމަށް ބޭނުންކުރާ ތަކެތި ވެސް ހިމެނެއެވެ.

ބާޒާރުގައި މިވަގުތު ފިޔާ ކިލޯއެއް އުޅެނީ 25 ރުފިޔާ އާއި 30 ރުފިޔާ އާ ދެމެދުގެ އަގެއްގައެވެ.

އެސްޓީއޯއިން ބުނީ ފިޔާ ކިލޯއެއް 16 ރުފިޔާއަށް ވިއްކަން ނިންމާފައި ވާއިރު 25 ކިލޯގެ ފިޔާ ބަސްތާއެއް ލިބޭނީ 350 ރުފިޔާއަށް ކަމަށެވެ. އަދި 10 ބަސްތާއަށް ވުރެ ގިނައިން ގަންނަ ނަމަ ބަސްތާއެއް 340 ރުފިޔާއަށް ވިއްކަން ނިންމާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެސްޓީއޯގެ ފިހާރަތަކުން މި އަގުތަކުގައި މިހާރު ފިޔާ ވަނީ ވިއްކަން ފަށާފައެވެ. އެ ކުންފުނިން ބުނީ ދުރާލައި ފިޔާ ބާޒާރަށް ނެރުނީ ފިޔަލަކީ ރޯދަ މަހު އެންމެ ޑިމާންޑު ބޮޑު އެއް ބާވަތަށް ވާތީ އާއި އޭގެ އަގު ބާޒާރުގައި ކޮންޓްރޯލު ކުރުމުގެ ބޭނުމުގައި ކަމަށެވެ.

މީގެއިތުރުން، އެސްޓީއޯއިން ވަނީ ރޯދައާ ދިމާކޮށް ބާޒާރަށް ކާށި ނެރެ، 5 ރުފިޔާއަށް ކާއްޓެއް ވިއްކަން ފަށާފައެވެ. މިވަގުތު މާކެޓްގައި ކާށީގެ އަގު ހުރީ 10 ރުފިޔާއާއި 20 ރުފިޔާއާ ދެމެދުގައެވެ.

ކޮންމެ ރަމަޟާން މަހަކާއި ދިމާކޮށް ވެސް ހެޔޮ އަގުގައި ކާބޯތަކެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި އެސްޓީއޯއިން އެކި ބާވަތުގެ ކާބޯތަކެތި ބޭރު ގައުމުތަކުން އެތެރެކުރެއެވެ.
މި ލިއުމާއި ގުޅޭ