Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ރޭމްޕުތަކުގައި ޕާކު ކުރާނަމަ ފިޔަވަޅު އަޅަނީ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ރޭމްޕްތަކުގައި ޕާކުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަން ފަށާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މިފަދަ ރޭޕްތަކުގައި ޕާކުކޮށްފައި ހުންނަ މައްސަލައާ ގުޅޭ ވީޑިއޯއެއް 'ކެއަރ ސޮސައިޓީ"ން ވަނީ އާއްމުކޮށްފައެވެ.

"އެކްސެސިބަލް ނޫންވީމަ ވަރަށް އުނދަގު، ވައްދަން އުޅެން ޖެހެނީ ވަރަށް ދަތިގޮތަކަށް، ގެއަށް ވަދެވިއްޖެއްޔާ ނުއެއް ނިކުމެވެ، ނިކުމެވިއްޖެއްޔާ ނުއެއް ވަދެވެ، މީހަކަށް ގޮވައިގެން ނޫނިއްޔަކާ، ޕާކުކޮށްފައި ހުންނަނީ ރޭމްޕް މަތީގައި" އެ ވީޑިއޯގައި ވާހަކަ ދެއްކި މީހާ ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން "ދިޔަރެސް"އިން ފުލުހުންނާއި ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިސަރ ވިދާޅުވީ މި މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި މިކަމަށް ފޯކަސްކޮށްގެން މަސައްކަތްތަކެއް ކުރަމުންގެންދާކަމަށެވެ.

އެގޮތުން އެފަދަ އުޅަނދުތައް ޓޯކުރުމާއި ފައިންކުރުމާއި ވެރިފަރާތަށް ގުޅައިގެން އެ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

"ރޯޑް ޕޮލިސްއިން އެފަދަ އުޅަނދުތައް ޓޯކުރުމާއި ފައިންކުރުމާއި ވެރިފަރާތަށް ގުޅައިގެން އެ އުޅަނދުތައް ނެގުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން" އޮފިސަރ ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި މިކަން ކުރަމުންދަނީ މި މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައުމާއެކު އެކަމަށް ފޯކަސްކޮށްގެން ކުރިއަށް ގެންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިންނެވެ.

މި ލިއުމާއި ގުޅޭ