މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ބުނެފިއެވެ.
ސްޓެލްކޯއިން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، ހެނދުނު 10:00 އާއި 12:00 އާ ދެމެދު ހުވަފެނީ ގޯޅި، ކޮއިމަލާ ހިނގުން، ލޮނުޒިޔާރަތްމަގު، ދޮންއަދަރާދަ ހިނގުން، ބަނަފްސާ މަގު، ރުއްކެނޑިޔާ ހިނގުން އަދި ބޮޑުރަސްގެފާނު މަގު ހިމެނޭ ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެއެވެ.
އަދި ހެނދުނު 11:00 އާއި 11:30 އާ ދެމެދު ލޮނުޒިޔާރަތްމަގު، ބުރުޒުމަގު، އަމީނީމަގު އަދި ދޮންއަނދަރާދަ ހިނގުން ހިމެނޭ ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ. އަދި މި މަސައްކަތަކީ ކަރަންޓުގެ ޚިދުމަތް އިތުރަށް ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވެސް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.