Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް އޮފީސް

ވަޒީރުންނާއެކު ބާއްވާ 'އަހާ'ގެ ހަތަރު ވަނަ ފޯރަމް މިރޭ

މިނިސްޓްރީތަކުގެ މައުލޫމާތުތައް ހިއްސާކުރުމަށާއި، ރައްޔިތުންނަށް މިނިސްޓަރުންނާ ސުވާލުކުރުމުގެ ފުރުސަތު ލިބޭ 'އަހާ' ފޯރަމްގެ ހަތަރު ވަމަ ބުރު މިރޭ ބާއްވަން ނިންމައިފިއެވެ.

ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކޮށް، އެކަންކަމާއި ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދިނުމަށް ބާއްވާ ފޯރަމުގެ ދެވަނަ ބުރު އޮންނާނީ މިރޭ 9:00 ގައެވެ. މި ފޯރަމް ދެގަޑިއިރަށް ކުރިއަށްގެންދާނެއެވެ.

މީގެ ކުރީ ފޯރަމްތަކެކޭ އެއްގޮތަށް މިރޭގެ ފޯރަމްގައި ވެސް ސަރުކާރު ކެބިނެޓްގެ ފަސް ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިރޭގެ ފޯރަމްގައި ބައިވެރިވެ ވަޑައިގަންނަވާ ވަޒީރުންނަކީ:

  • - ޖެންޑަރ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް
  • - ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢަލީ ހައިދަރު އަޙުމަދު
  • - އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
  • - އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު
  • - ޓޫރިޒަމް މިނިސްޓަރު ޠާރިޤު އިބްރާހިމް

މިރޭ ކުރިއަށް ގެންދަން ނިންމާފައިވާ މި ފޯރަމަކީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގެ އިތުރުން ރައްޔިތުންގެ ހުރި ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވުމަށް ބާއްވާ މިފަދަ ހަތަރުވަނަ ފޯރަމެވެ.

މިފޯރަމުގައި ބައިވެރިވެ ސުވާލުކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާއިރު، ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ އިތުރުން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ފޯރަމަށް ސުވާލު ފޮނުވޭނެއެވެ.

ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ، ޕީއެސްއެމް ގުޅިގެން ބާއްވާ މިފޯރަމުގައި އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނީ AH ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކުރުމަށްފަހު، ކުރަން ބޭނުންވާ ސުވާލު ލިޔުމަށްފަހު 300 އަށެވެ.

މި ލިއުމާއި ގުޅޭ