Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޓީސީސީ

އެމްޓީސީސީއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.1 ބިލިޔަން ރުފިޔާ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންރެކްޓިންގް ކޮމްޕެނީ، (އެމްޓީސީސީ)އަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.1 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

އެމްޓީސީސީއިން އާންމުކޮށްފައިވާ މާލީ ހިސާބުތައް ދައްކާގޮތުގައި 2024 ވަނަ އަހަރު އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މި އަދަދަކީ 2023 ވަނަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނު 3.2 ބިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 32.1 އިންސައްތަ ދަށް އަދަދެކެވެ.

އެގޮތުން، އެމްޓީސީސީ އިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ މާލީ ރިޕޯޓަށް ބަލާއިރު، މިދިޔަ އަހަރު ނިމުނުއިރު އެ ކުންފުނި ހިންގައިގެން ލިބުނު އާމްދަނީ 2023 ވަނަ އަހަރާ އާޅާ ބަލާއިރު 37.2 އިންސައްތަ ދަށްވެފައިވެއެވެ. 2023 ވަނަ އަހަރު އެ ކުންފުނި ހިންގައިގެން 336.7 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިދިޔަ އަހަރު މި އަދަދު ހުރީ 211.2 މިލިޔަން ރުފިޔާގައެވެ.

މިދިޔަ އަހަރު ޓެކުހަށް ކެނޑުމުގެ ކުރިން އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 99.1 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މީގެ ކުރީ އަހަރާ އަޅާބަލާއިރު 41 އިންސައްތަ ދަށް އަދަދެކެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު، މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީއަށް 84.2 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. އެމްޓީސީސީގެ މާލީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެކުންފުންޏަށް ލިބިފައިވަނީ 418.2 މިލިޔަން ރުފިޔާގެ އާމްދަނީއެކެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު 587.1 މިލިޔަން ރުފިޔާ އަޅާ ބަލާއިރު 28.8 އިންސައްތަ ދަށް އަދަދެކެވެ.

ހަތަރުވަނަ ކުއާޓަރުގައި އެމްޓީސީސީއަށް ކުންފުނި ހިންގައިގެން 177.5 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. ތިންވަނަ ކުއާޓަރުގައި އެ ކުންފުނި ހިންގައިގެން ލިބިފައިވަނީ 12.7 މިލިޔަން ރުފިޔާއެވެ. އާމްދަނީ ދަށްވުމާއި އެކު، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެމްޓީސީސީއަށް ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 151.3 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

މި ލިއުމާއި ގުޅޭ