Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން

ކުރިއަށް އޮތް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން "ރޯދަ ސާފު" ގެ ނަމުގައި މުޅި ރާއްޖެ ސާފުކުރުމުގެ ހަރަކާތެއް ފަށައިފިއެވެ.

މި ހަކަރާތާއި ގުޅޭގޮތުން ސިޓީސް، ލޯކަލް ގަވަމެންޓް، ޕަބްލިކް ވޯކްސް މިނިސްޓްރީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި ހަރަކާތް ފައްޓަވައިދެއްވާފައިވަނީ އާދަމް ޝަރީފް އުމަރު ކަމަށާއި މި ޙަރަކާތުގައި ދައުލަތުގެ ބައެއް ވުޒާރާތަކާއި ކުންފުނިތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި، އެމް.އެން.ޑީ.އެފް އަދި މާލޭ ސިޓީ ކައުންސިލުން ބައިވެރިވާ ކަމަށެވެ.

މި ހަރަކާތާއި ގުޅޭގޮތުން ދައުލަތުގެ މީޑިޔާ ޕީއެސްއެމް އަށް މައުލޫމާތު ދެމުން މައުލޫމާތު ދެމުން އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު މަޢުސޫމް ވިދާޅުވީ އެކި މުއައްސަސާތަކާއި ކުންފުނިތަކާއި އޮފީސްތަކުގެ ބައިވެރިވުމާއެކު މި ހަރަކާތް މާލެ ސަރަހައްދާއި އަތޮޅުތަކުގައިވެސް އޮންނާނެ ކަމަށާއި އެ ގޮތުން ރަށްރަށުގައި ކުނި ބޮޑަށް ޖަމާވެފައިވާ ސަރަހައްދުތައް ސާފުކުރުން ކުރިއަށްދާނެކަމަށެވެ.

ސާފުކުރުމުގެ ހަރަކާތް މާލޭގައި ކުރިއަށްދާނީ 40 މުއައްސަސާއެއްގެ ބައިވެރިވުމާއެކު 5 ސަރަހައްދެއްގެ އިތުރުން ގުރޫޕުތަކަށްވެސް ބަހަލައިގެން ކަމަށް މައުސޫމް ވިދާޅުވިއެވެ.

"ރޯދަ ސާފު" ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތަކީ ނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާއި މިނިސްޓްރީ އޮފް ދިވެހި ލޭންގްއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖުން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާޗް މަހުގެ އެއްވަނަ ދުވަހެވެ.

މި ލިއުމާއި ގުޅޭ