ޢަރަބި ބަހުން ދިވެހި ބަހަށް ތަރުޖަމާކޮށްފައިވާ ފޮތްތަކެއް ހޯދުމަށް، އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ އެ މިނިސްޓްރީން އާއްމުކޮށްފައިވާ ޚާއްސަ ލިސްޓެއްގައިވާ ފޮތްތައް ތަރުޖަމާކޮށްފައިވާ ނުވަތަ ތަރުޖަމާކުރަމުންދާ ފަރާތްތަކަށެވެ.
މިނިސްޓްރީގެ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ފޮތްތައް ތަރުޖަމާކޮށްފައިވާ ފަރާތްތަކަކީ އިސްލާމިކް މިނިސްޓްރީން ދީނީ ވަޢުޒު ވިދާޅުވުމުގެ ހުއްދަ ދެއްވާފައިވާ ޢިލްމުވެރިންނަށް ވާންޖެހެއެވެ.
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ރަޖިސްޓްރީ ކުރަންޖެހޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 11:00 ގައެވެ.