Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖަރުމަނުވިލާތް

އެމެރިކާގެ ނައިބު ރައީސް ޔޫރަޕަށް ކުރާ ތުހުމަތުތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ޖަރުމަނު

އެމެރިކާގެ ނައިބު ރައީސް ޔޫރަޕަށް ކުރާ ތުހުމަތުތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ޖަރުމަނުވިލާތުން ބުނެފިއެވެ.

ޖަރުމަނުވިލާތުގެ ދިފާއީ ވަޒީރު ބޮރިސް ޕިސްޓޯރިއަސް ވަނީ، ޔޫރަޕުގެ ޤައުމުތަކުން ޑިމޮކްރަސީގެ އުސޫލުތަކާ ދެކޮޅަށް ދާކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ދެއްކެވި ވާހަކަފުޅުތަކަށް ހަރުކަށި އިބާރާތުން ރައްދު ދެއްވާފައެވެ.
މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން، ޕިސްޓޯރިއަސް ވިދާޅުވީ، ޔޫރަޕުގެ ޤައުމުތަކުން ޑިމޮކްރެޓިކް އުސޫލުތަކާ ދުރަށް ދާކަމަށް ބުނެ ވޭންސް ދެއްކެވި ވާހަކަފުޅުތަކަކީ "ޤަބޫލުކުރެވޭނެ" ވާހަކަތަކެއް ނޫން ކަމުގައެވެ.

"އަޅުގަނޑުމެންނަށް އިއްވި ވާހަކަފުޅުތަކަށް އަޅުގަނޑު ޖަވާބުދޭން އެބަޖެހޭ، ޔޫރަޕުގެ ޑިމޮކްރެޓުން ހައްދުފަހަނައަޅާފައިވާ ކަނާތުފިޔައިގެ ފިކުރާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާއިރު، އަސާސީ ޙައްޤުތަކާއި މިނިވަންކަމަށް އަޅުގަނޑުމެން ފުރިހަމައަށް ތާއީދުކުރަމެވެ." ޕިސްޓޯރިއަސް ވިދާޅުވިއެވެ.

ޖަރުމަނުވިލާތުގެ ޑިމޮކްރަސީގައި ކޮންމެ ވިސްނުމަކަށްވެސް އަޑުއުފުލުމުގެ ފުރުސަތު އޮންނަކަން ފާހަގަކުރައްވަމުން، އޭއެފްޑީ ފަދަ ހައްދުފަހަނައަޅާފައިވާ ކަނާތުފިޔައިގެ ޕާޓީތަކަށްވެސް އެހެން ޕާޓީތަކެކޭ އެއްފަދައިން އިންތިޚާބީ ކެމްޕޭންތައް ކުރިއަށް ގެންދެވޭކަން ޕިސްޓޯރިއަސް ފާހަގަކުރެއްވިއެވެ.

ވޭންސްގެ ވާހަކަފުޅުތަކަށް އޭއެފްޑީގެ ޗެއަރ އެލިސް ވައިޑަލް ތާއީދުކުރައްވާފައިވާއިރު، އީލޮން މަސްކްވެސް ވަނީ "މޭކް ޔޫރަޕް ގްރޭޓް އަގެއިން!" މި ޓްވީޓް މެދުވެރިކޮށް ވޭންސްއަށް ތާއީދުކުރައްވާފައެވެ.

ފެބްރުއަރީ 23 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި އޭއެފްޑީއަށް 20 އިންސައްތައާ ގާތްކުރާ ވޯޓު ލިބޭނެކަމަށް ލަފާކުރެވޭއިރު، ސީޑީޔޫ/ސީއެސްޔޫ އިއްތިހާދަށް 30 އިންސައްތަ ވޯޓު ލިބޭނެކަމަށް ބެލެވެއެވެ. އަދި ޗާންސެލަރ އޯލަފް ޝޯލްޒްގެ ސޯޝަލް ޑެމޮކްރެޓްސްއަށް 16 އިންސައްތަ ވޯޓު ލިބޭނެކަމަށް ލަފާކުރެވެއެވެ.
މި ލިއުމާއި ގުޅޭ