ރާއްޖެ ބީޗް ވޮލީބޯޅަ ލީގްގައި ބައިވެރިވުމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހުޅުވާލައިފިއެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ މުބާރާތް ހުޅުވާލެވިފައިވަނީ ރާއްޖޭގެ ހުރިހާ ކައުންސިލް އަދި ސިޓީ ކައުންސިލްތަކަށް ކަމަށެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން ވަނީ ހުޅުވާލާފައެވެ. އަދި މުބާރާތުގެ ޓީމް ލިސްޓް ހުށަހެޅުމާއި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚާއި ގަޑިއަކީ 2025 މާރޗް 23 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިންނެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފޯމާއި ޓީމް ލިސްޓް ހުށަހަޅަން ޖެހެނީ އީމެއިލް މެދުވެރިކޮށެވެ. އަދި އީމެއިލް ކުރަންޖެހެނީ [email protected] އަށެވެ.
މުބާރާތް އޮންނާނީ 2025 އޭޕްރިލް 02 އިން 10 އަށް މާލެ ދޮންގަނޑު ބީޗް ވޮލީބޯޅަ ކޯޓުގައެވެ. އަދި މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޜަން ކުޅޭނެއެވެ.
މިއީ މިއަހަރު މުޅިން އަލަށް އަންހެން ވޮލީ ލީގެއް ބާއްވަން ނިއްމައި ވޮލީބޯޅަ އެސޯސިއޭޝަނުން ނިންމި ފުރަތަމަ ފަހަރެވެ.