Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ ނާޒިމް

ރައީސް އެޅުއްވި އެންމެ މުހިއްމު ފިޔަވަޅަކީ ބޭހުގެ އަގު ކޮންޓްރޯލް ކުރެއްވުން - ނާޒިމް

ރާއްޖޭގައި ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް އެސްޓީއޯގެ ނިޒާމު މެދުވެރިކޮށް ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކަކީ ރައީސް އެޅުއްވި އެންމެ މުހިއްމު ފިޔަވަޅު ކަމުގައި ހެލްތް މިނިސްޓަރ ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިގަދައިން ވިދާޅުވީ އެމްއެމްޓީވީގެ "ބޮޑު ހަބަރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

"އަޅުގަނޑުމެން މުޅި މުޖުތަމަޢުގެ ގަބޫލުކުރާ ޙަޤީޤަތަކީ ބޭސް އަޅުގަނޑުމެންގެ މުޖުތަމަޢުގައި ދޫކުރެވެނީ ވެސް ލިބޭނެ ނިޒާމު ހުރީކީ ވެސް އެންމެ ރަނގަޅަށް ނޫންކަން، އެންމެ ރަނގަޅު އަގުތަކުގައި ނޫންކަން"

މިނިސްޓަރ ނާޒިމް

މިނިސްޓަރ ނާޒިމް ފާހަގަކުރެއްވި ގޮތުގައި، މުޖުތަމަޢުގެ ގިނަ ބައެއްގެ ޝަކުވާއަކަށް ވެފައިވަނީ ބޭސް ލިބޭނެ ނިޒާމުގައި ހުރި ދަތިތަކާއި ބޭހުގެ އަގުތައް ހުރި ގޮތް ކަމަށެވެ.

ބޭހުގެ އަގު ކޮންޓްރޯލް ކުރުމުގެ ނިޒާމުގެ ސަބަބުން ބައެއް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ. މި ގޮންޖެހުންތައް ހައްލުކުރުމަށް ކަމާގުޅޭ އެންމެހާ ފަރާތްތަކާއެކު މަޝްވަރާކުރެވެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގައި ބޭހުގެ މައިގަނޑު ޕްރޮވައިޑަރ އެސްޓީއޯ އާއި ބޭހުގެ ސިޔާސަތުތައް ތަންފީޒުކުރާ އިދާރާ ކަމަށްވާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި ބޭސް ޕްރެސްކްރިޕްޝަން ދޫކުރައްވާ ޑޮކްޓަރުންނާއެކު މަޝްވަރާކުރެވެމުންދާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އަދި މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މިހާރު ހުރި ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމުގެ އުންމީދު ނާޒިމް ފާޅުކުރެއްވިއެވެ.

މި ލިއުމާއި ގުޅޭ