Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

މަރުތޭލަކުން ޖެހި މައްސަލައިގައި ހައްޔަރުކުރި އަރީޝްގެ ކުށުގެ 26 ރެކޯޑު!

އައިޖީއެމްއެޗު ކައިރީ މީހެއްގެ ބޮލުގައި މަރުތޭލަކުން ޖަހައި ޒަޚަމްކޮށްލި މައްސަލައިގައި މިއަދު ހައްޔަރުކުރި މީހާގެ ކުށުގެ 26 ރެކޯޑެއް އޮންނަ ކަމުގައި ފުލުހުން ބުނެފިއެވެ.

މި މަހުގެ 4 ވަނަ ދުވަހުގެ ރޭ އައިޖީއެމްއެޗު ކައިރީގައި ހުރި މީހަކަށް ހަމަލާދިނީ ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. އޭގެ ތެރެއިން މަރުތޭލުން އެ މީހާގެ ބޮލުގައި ޖެހީ ސައިކަލުގެ ފަހަތުގައި އިށީނދެގެން އިން މީހާއެވެ.

މި މައްސަލައާ ގުޅިގެން މިއަދު ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް, ދިގުވާނޑު, ބަނަފްސާގެ ހުސައިން އަރީޝް (31އ) އެވެ.

އޭނާ ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނަގާފައިވަނިކޮށް މެލޭޝިއާއަށް ފުރައިގެން ދިޔުމުން, އޭނާ އެ ގައުމަށް އެތެރެވުން ހުއްޓުވައި އެހެން ފްލައިޓެއްގައި ރާއްޖެ ގެނައުމަށް ފަހު މިއަދު ހައްޔަރުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

އެއީ މާފަންނުގައި އޮޕަރޭޓްކުރާ ގޭންގަކަށް ނިސްބަތްވާ އަދި ކުށުގެ ރެކޯޑުތަކަށް ބަލައި ނުރައްކާތެރި ކުށްވެރިއެއް ކަމަށް ފުލުހުން ކަނޑައަޅާފައިވާ މީހެކެވެ.

ފުލުހުން ހިއްސާ ކުރި މައުލޫމާތަށް ބަލާއިރު އޭނާގެ ކުށުގެ 26 ރެކޯޑު އޮވެއެވެ. އެއީ މަސްތުވާތަކެތީގެ 6 މައްސަލައަކާއި, މާރާމާރީ ހިންގުމުގެ 15 މައްސަލައަކާއި, ތޫނު ހަތިޔާރު ގެންގުޅުމުގެ 2 މައްސަލައެއްގެ އިތުރުން މީހުންގެ މުދަލަށް ގެއްލުން ދިނުމުގެ 3 މައްސަލައެވެ.

މި ލިއުމާއި ގުޅޭ