Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

ފާއިތުވި އަހަރު ކުޑަކުދިންނަށް ކުރި އަނިޔާގެ މައްސަލަތަށް އިތުރު

ފާއިތުވި އަހަރުގެ ފުރަތަމަ ހަ މަހާ އަޅާ ބަލާއިރު އަހަރުގެ ފަހުކޮޅު ކުޑަކުދިންނަށް ކުރި އަނިޔާގެ މައްސަލަތައް އިތުރުވެފައިވާ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު, 2024 ވަނަ އަހަރުގެ ފުރަތަމަ ހަ މަހު އެ މިނިސްޓްރީއަށް 1،356 މައްސަލައެއް ހުށަހަޅާފައިވާއިރު, ޖުލައި އިން ޑިސެމްބަރާ ދެމެދު ޖުމްލަ 1،499 މައްސަލައެއް ހުށަހަޅާފައިވެއެވެ. މިއީ ފުރަތަމަ ހަ މަހާ އަޅާ ބަލާއިރު 143 މައްސަލައިގެ އިތުރުވުމެކެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އަހަރުގެ ފަހު ހަ މަހު ފާހަގަކުރެވޭ މިންވަރަށް އިތުރުވެފައިވެއެވެ.

އެގޮތުން, ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް 119 އިން 136 އަށް އިތުރުވެފައިވެއެވެ. އިހުމާލުގެ މައްސަލަތައް 311 އިން 345 އަށް އިތުރުވެފައިވާއިރު, ބުލީކުރުމާއި ފުރައްސާރައިގެ ޝިކާރައަކަށްވީ ކުދިންގެ މައްސަލަތައް 37 އިން 69 އަށް އިތުރުވެފައިވެއެވެ.

އަދި މަޖުބޫރުން ކުޑަކުއްޖެއްގެ ކައިވެނިކުރުވި މައްސަލައެއް ވެސް މިދިޔަ އަހަރު ހުށަހަޅާފައިވެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ މައްސަލަތައް ވެސް ނިމުނު އަހަރު ގެ ފަހު ކޮޅު އިތުރުވެފައިވެއެވެ.

އެގޮތުން, ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ނަފްސާނީ އަނިޔާގެ މައްސަލަތައް 24 މައްސަލައެއް ރިޕޯޓު ކޮށްފައިވާއިރު, ޖުލައި މަހުން ފެށިގެން ޑިސެމްބަރު ގެ ނިޔަލަށް އެފަދަ 221 މައްސަލައެއް ހުށަހަޅާފައިވެއެވެ.

ޖިސްމާނީ އަނިޔާގެ މައްސަލަތައް 103 އިން 111 އަށް އިތުރުވެފައިވެއެވެ. ކޮންޓްރޯލް ކުރުމުގެ މައްސަލަތައް 215 އިން 221 އަށް އިތުރުވެފައިވާއިރު, ޚަރަދު ނުދީ ހިފެހެއްޓުމާއި އެފަދަ އަނިޔާގެ މައްސަލަތައް 82 އިން 85 އަށް އިތުރުވެފައިވެއެވެ.

ނަމަވެސް ފުރަތަމަ ހަ މަހާ އަޅާ ބަލާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ ފަރުވާ އަދި އެހީތެރިކަމާ ގުޅޭ މައްސަލަތައް ވަނީ ފަހު ހަ މަހު މަދުވެފައެވެ.

އެގޮތުން, ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މައްސަލަތައް 48 އިން 30 އަށް ދަށްވެފައިވާއިރު,
އުމުރުން ދުވަސްވީ މީހުންގެ އެހީތެރިކަމުގެ މައްސަލަތައް 71 އިން 50 އަށް ދަށްވެފައިވެއެވެ.

މި ލިއުމާއި ގުޅޭ