Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

މަރުތޭލަކުން މީހެއްގެ ބޮލުގައި ޖެހި މީހަކު މެލޭޝިއާއިން ރާއްޖެ ގެނެސް ހައްޔަރުކޮށްފި

އައިޖީއެމްއެޗު ކައިރީ މީހެއްގެ ބޮލުގައި މަރުތޭލަކުން ޖަހައި ޒަޚަމްކޮށްލުމަށް ފަހު ފިލަން މެލޭޝިއާއަށް ދިޔަ މީހާ ރާއްޖެ އައުމާއެކު އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.

މި މަހުގެ 4 ވަނަ ދުވަހުގެ ރޭ، އައިޖީއެމްއެޗު ކައިރީގައި ހުރި މީހަކަށް ހަމަލާދިނީ ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. އޭގެ ތެރެއިން މަރުތޭލުން އެ މީހާގެ ބޮލުގައި ޖެހީ ސައިކަލުގެ ފަހަތުގައި އިށީނދެގެން އިން މީހާއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިހާރު ހިންގަމުންދާ މާރާމާރީ ތަކުގެ ތުހުމަތު ކުރެވޭ, އަދި ނުރައްކާތެރި ކުށްތަކަށް އަރައިގަތުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ މީހަކު މިއަދު އެއާޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އޭނާ ހައްޔަރު ކުރީ މެލޭޝިއާ އަށް ދިއުމުން އެގައުމަށް އެތެރެވިޔަ ނުދީ ހިފެހެއްޓުމަށްފަހު ރާއްޖެ ފޮނުވާލުމުން ރާއްޖެ އައިތަނުންނެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން އޭނާގެ ވަނަވަރު އާންމު ނުކުރި ނަމަވެސް އެއާޕޯޓުން އޭނާ ހައްޔަރުކޮށްގެން ގެންދާ ފޮޓޯތައް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެއީ މާފަންނުގައި އޮޕަރޭޓްކުރާ ގޭންގަކަށް ނިސްބަތްވާ އަދި ކުށުގެ ރެކޯޑުތަކަށް ބަލައި ނުރައްކާތެރި ކުށްވެރިއެއް ކަމަށް ފުލުހުން ނިންމާފައިވާ ހުސައިން އަރީޝްއެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނަގާފައިވަނިކޮށް މެލޭޝިއާއަށް ފުރައިގެން ދިޔުމުން, އޭނާ އެ ގައުމަށް އެތެރެވުން ހުއްޓުވައި އެހެން ފްލައިޓެއްގައި އޭނާ ރާެއްޖެ ގެނައުމަށް ފަހުއެވެ.

މި ލިއުމާއި ގުޅޭ