Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕްރައިވަޓައިޒޭޝަން ބޯޑު

ޕީސީބީގެ ރައީސް ހަމްދީ އަގީލް މަގާމުން ވަކިކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް ހަމްދީ އަގީލް މަގާމުން ވަކިކުރައްވައިފިއެވެ. ނަމަވެސް، އޭނާ އެ މަގާމުން ވަކިކުރެއްވި ސަބަބެއް މި ވަގުތާ ހަމައަށް ހާމަކުރައްވާފައެއް ނުވެއެވެ.

ދައުލަތުގެ ވިޔަފާރި ކުންފުނިތައް ޕްރައިވަޓައިޒް ކުރުމާއި މޮނިޓަކޮށް، އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕީސީބީގެ ބޯޑުގެ ރައީސްގެ މަގާމަށް ހަމްދީ އައްޔަންކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 22 ވަނަ ދުވަހުއެވެ.

އޮސްޓްރޭލިއާގެ ކާޓިން ޔުނިވަސިޓީން މާސްޓަރ އޮފް ކޮމާސް ހާސިލުކުރައްވާފައިވާ ހަމްދީ އަގީލްއަކީ، މީގެ ކުރިން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ޕީސީބީއަކީ ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަންކުރުމުގެ އިތުރުން، އެ ކުންފުނިތަކުގެ އިސްވެރިން ވަކިކުރުމާއި އައްޔަންކުރުމުގެ ބާރު ލިބިގެންވާ މުހިންމު އިދާރާއެކެވެ. މި މަގާމަށް އައު ބޭފުޅަކު އައްޔަންކުރެއްވުމާ މެދު އަދި އެއްވެސް މަޢުލޫމާތެއް ހާމަކުރައްވާފައެއް ނުވެއެވެ.

މި ލިއުމާއި ގުޅޭ