Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އައިއެމްއެފް

އުންމީދަކީ ސަރުކާރުގެ މާލީ އިޞްލާހީ ފިޔަވަޅުތައް އަވަހަށް ތަންފީޒުކުރުން: އައިއެމްއެފް

ރާއްޖޭގެ މާލީ ހާލަތު ހަރުދަނާ ކުރުމަށް ސަރުކާރުން އަޅަމުންދާ އިޞްލާހީ ފިޔަވަޅުތައް ބަލައިގަންނަކަމަށާއި، އުންމީދަކީ އެ ފިޔަވަޅުތައް އަވަހަށް ތަންފީޒުވެގެންދާތަން ފެނުންކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ބުނެފިއެވެ.

އައިއެމްއެފުން މިހެން ބުނެފައިވަނީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދެނެގަތުމަށް އެ އިދާރާގެ ވަފުދެއް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ޒިޔާރާތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ އަދި މާލިއްޔަތު ކޮމެޓީއާއި އެކު ބޭއްވި ބައްދަލުވުމުގައެވެ.
އައިއެމްއެފްއިން މިހާތަނަށް ބޭއްވި ބައްދަލުވުންތަކާއި ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދެނެގަތުމަށް ކުރެވުނު މަސައްކަތްތަކުން ފާހަގަވިކަންކަން ކޮމެޓީއާއި ހިއްސާކޮށްފައިވާއިރު އައިއެމްއެފްގެ ވަފުދު އިސްވެރިޔާ ނިކީ ސޮޑްސްރިވިބޫން ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ ހާލަތު މިއަހަރު ކުރިއަރާނެކަމަށް މިހާރު ލަފާކުރެވޭ ކަމަށެވެ.
އެގޮތުން ރާއްޖޭގެ އިޤްތިޞާދު މިއަހަރު ފަސް އިންސައްތަ ކުރިއަރާނެކަމަށް އެއިދާރާއިން ވަނީ ފަލާކޮށްފައެވެ. މިއީ ފަތުވެރިންގެ އަދަދު އިތުރުވުމާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމުން ފެނިގެންދާނެ ކުރިއެރުންތަކެއްގެ ގޮތުގައި އައިއެމްއެފްއިން ވަނީ ފާހަގަކޮށްފައެވެ.
އެހެންނަމަވެސް ދަރަނި ދެއްކުމުގެ ބުރަ އުފުލަން ޖެހޭ ދުވަސްތައް ކުރިއަށް އޮތީކަމަށާއިސަރުކާރުން އަޅަން ނިންމާފައިވާ އިސްލާހީ ފިޔަވަޅުތައް ވީހާ އަވަހަށް ތަންފީޒުވުން މުހިންމުކަމަށް އައިއެމްއެފުން ބުނެފައިވެއެވެ.

މީގެއިތުރުން ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް މިހާތަނަށް ރަނގަޅު ފިޔަވަޅުތަކެއް އެޅިފައިވާކަން ފާހަގަކޮށް އެ އިދާރާއިން ވަނީ ތައުރީފުކޮށްފައެވެ. އެގޮތުން ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް މުހިންމު ނިންމުންތަކެއް ނިންމާފައިވާކަން ފާހަގަކޮށް އައިއެމްއެފުން ވަނީ އެކަމަށް މަރުޙަބާ ކިޔާފައެވެ.

މިގޮތުން އައިއެމްއެފްއިން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ދަރަންޏާއި ބެހޭ ގާނޫނާއި، ޚަރަދަށް ޒިންމާވުމުގެ ޤާނޫނަށް ގެނައި އިސްލާހުތަކާއި އާސަންދަ ނިޒާމުގެ ތެރެއިން އިސްލާހީ ބަދަލުތަކެއް ގެނެސްފައިވުން ހިމެނެއެވެ. އަދި މިއަހަރު ބަޖެޓުގައި އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ހިމެނިފައިވުމުން އެކަމަށްވެސް އައިއެމްއެފުން ވަނީ މަރުހަބާކިޔާފައެވެ.

"މިހާރު ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކީ ގިނަ ދުވަސްތަކުގެ މަތިން ފުނިޖެހިފައިވާ މައްސަލަތަކެއް. މިއީ އެންމެ ކަމެއް ނޫން. އަޅުގަނޑުމެން ވަރަށް ބޮޑަށް މަރުހަބާ ކިޔަން މިއަދުގެ ސަރުކާރުން މިއީ އޮތް މައްސަލައެއްކަން ޤަބޫލުކޮށް، އެކަން ހައްލުކުރަން މަސައްކަތް ކުރާތީ. އަޅުގަނޑުގެ އުންމީދަކީ މިހިރަ މައްސަލަތައް އަވަހަށް ހައްލުވެގެން ދިއުން." އައިއެމްއެފުން ބުނެފައިވެއެވެ.

ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ބަލައިގަންނަކަމަށް އައިއެމްއެފުން ބުނެފައިވާއިރު މި ބައްދަލުވުމުގައި ވާހަކަދެއްކެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ ސަރުކާރުން އަޅާ ފިޔަވަޅުތައް ތަންފީޒު ކުރުމަގައި އައިއެމްފް ފަދަ ބައިނަލްއަޤްވާމީ އިދާރާތަކުގެ އެހީތެރިކަން ބޭނުންވާނެކަން ފާހަގަކުރައްވާފައެވެ.

މި ލިއުމާއި ގުޅޭ