Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާ

މިއަހަރު ތިންލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

އަހަރުގެ މިހާތަނަށް ރާއްޖެއަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް އެންޑް އެންވައިރޮމެންޓް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާލާއިރު އިއްޔެގެ ނިޔަލަށް 303،447 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 269،588 ފަތުރުވެރިންނެވެ. މިއަދަދާއި އަޅާ ބަލާއިރު މި އަހަރުގެ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 9.7 އިންސައްތައިގެ އިތުރު އަދަދެކެވެ.

އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާ އިންނެވެ. އެ ގައުމުން 50,979 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ. އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ގައުމުތައް:

- ރަޝިއާ: 28,997 ފަތުރުވެރިން

- އިނގިރޭސިވިލާތް: 27،917 ފަތުރުވެރިން

- އިޓަލީވިލާތް: 27،901 ފަތުރުވެރިން

- ޖަރުމަނުވިލާތް: 17,914 ފަތުރުވެރިން

ތަފާސް ހިސާބުތަކުން ދައްމި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 69.4 އިންސައްތަ ރިސޯޓްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު 25.6 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. އަދި 2.6 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ހޮޓެލްތަކުގައެވެ.

މި ހިނގާ ފެބުރުއަރީ މަހުގެ މިހާތަނަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 8،000އަށް ވުރެ ގިނަ ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރާތްކޮށްފައިވާކަމަށް ވެސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ފަތުރުވެރިކަމުގެ ދާއިރާ ފުޅާވަމުން އަންނައިރު މިވަގުތު ރާއްޖޭގައި ފަތުރުވެރިކަމުގެ 1,134 ތަނެއް ހިންގަމުން ގެންދެއެވެ. މީގެ ތެރޭގައި 172 ރިސޯޓާއި، 793 ގެސްޓްހައުސްގެ އިތުރުން 154 ސަފާރީ އަދި 15 ހޮޓާ ހިމެނެއެވެ. މި ތަންތަނުގައި ޖުމްލަ 60,995 އެނދު އޮޕަރޭޓްކުރެވެމުންދެއެވެ.
މި ލިއުމާއި ގުޅޭ