Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ ޠާރިޤު

ތިމާވެއްޓަށް ކުރާ އަސަރު ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ކުޑަކުރާނަން: ޠާރިގް

ތިމާވެއްޓަށް ކުރާ އަސަރު ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ކުޑަކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް އެންވައިރަންމެންޓް މިނިސްޓަރު ޠާރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ވޯލްޑް ގަވަރމަންޓްސް ސަމިޓްގައި ވޯލްޑް ބޭންކުން އިންތިޒާމްކޮށްގެން ބޭއްވި "އެނޭބްލިންގ ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން ފޯ އިމްޕެކްޓް އިން ދަ ވޯޓަރ ސެކްޓަރ" އިވެންޓްގައި ވާހަކަ ދައްކަވަމުންނެވެ.

މި އިވެންޓްގައި މިނިސްޓަރު ޠާރިގް ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މައިގަނޑު އެއް އަމާޒަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމެވެ.
އަދި ފެނުގެ ދާއިރާގައި އާޓިފިޝަލް އިންޓެލިޖެންސް އަދި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ހިންގުމުގެ ޚަރަދު ކުޑަކުރުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި މަސައްކަތްތަކުގެ ތެރެއިން ތިމާވެއްޓަށް ކުރާ އަސަރު ވީހާވެސް ކުޑަކުރުމަށް ސަމާލުކަން ދޭނެ ކަމަށާއި މިކަމަށްޓަކައި އެކި ފަރާތްތަކާއެކު ގުޅިގެން މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

މި ލިއުމާއި ގުޅޭ