Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްޓެލްކޯ

އެކި ދާއިރާތަކުން ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކުރުމަށް ސިވެކްއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މުވައްޒަފުން 6 ދާއިރާއަކުން ތަމްރީނުކުރުމަށް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާއެކު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އެވެ. އަދި ސިވެކްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ކާނަލް އަޙުމަދު ޒުބައިރެވެ.

މި އެއްބަސްވުމުގެ ދަށުން ސްޓެލްކޯގެ މުވައްޒަފުންނަށް ބޭސިކް ފަސްޓް އެއިޑް، ފަޔަރ އެވެއާނެސް، އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯސް، ސެކިއުރިޓީ އޮފިސަރުންގެ ތަމްރީނު، ސުވިމިންގ އެންޑް ރެސްކިއު އަދި ލައިފް ކޯޗިންގ ފަދަ ދާއިރާތަކުން ތަމްރީނު ދެވޭނެއެވެ.

މީގެ އިތުރުން، އިންޖީނުގެތަކުގައި ޤާއިމްކޮށްފައިވާ އަލިފާން ނިއްވާ ނިޒާމު ބެލެހެއްޓުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ފަޔަރ އެވެކުއޭޝަން ޑްރިލް ބޭއްވުމުގައިވެސް ސިވެކްއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ އެމްއެންޑީއެފް އާއި ގުޅިގެން ކުރިން ހިންގާފައިވާ ޕްރޮގްރާމްތަކުގެ އެދެވޭ ނަތީޖާތައް ފެންނަން އެބަހުރި ކަމަށެވެ. އެގޮތުން މޫދަށް ވެއްޓުނު މީހަކު ސަލާމަތް ކުރުމަށް ސްޓެލްކޯގެ މުވައްޒަފަކު އިސްނަގައި އެމީހާ ސަލާމާތް ކުރި ހާދިސާއާއި ވައްކަން ކުރަން ވަދެ އުޅުނު މީހަކާއި ސްޓެލްކޯގެ މުވައްޒަފަކު ކުރިމަތިލައި އެކަން ހުއްޓުވި ހާދިސާ ފާހަގަކުރައްވައި ފަހުމީ ވިދާޅުވީ އެ މުވައްޒަފުންނަކީ އެމްއެންޑީއެފް އިން ސްޓެލްކޯގައި ކުރިން ހިންގި ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކޮށްފައި ތިބި މުވައްޒަފުން ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެހީގައި މިހާރު ކުރިއަށްދާ ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް ސްޓެލްކޯގެ 668 މުވައްޒަފުން މިހާރު ވަނީ ފުރިހަމަކޮށްފައެވެ. އަދި މި އަހަރު ނިމުމުގެ ކުރިން ކުންފުނީގެ ހުރިހާ މުވައްޒަފުން މި ޕްރޮގްރާމް ފުރިހަމަކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

މި ލިއުމާއި ގުޅޭ