Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެސްޓީއޯ

މާލޭ ސަރަހައްދުގައި މަސްދަޅުކޭސް ބަހަން ފަށާނީ މިމަހު 20 ގައި - އެސްޓީއޯ

ރަމަޟާން މަހަށް ޚާއްޞަކޮށް ސަރުކާރުން ކޮންމެ ގޭބިސީއަކަށް ހަދިޔާގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސްތައް މާލޭ ސަރަހައްދުގައި ބެހުމަށް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.
އެސްޓީއޯއިން މީޑިއާތަކަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ކޮންމެ ގޭބިސީއަކަށް ދެވޭ މަސްދަޅު ކޭހުގައި ހިމެނެނީ 180 ގްރާމުގެ ތެޔޮމަހުގެ 48 ދަޅު ކަމަށާއި މަސްދަޅުކޭސް ދޫކުރާނީ ހަމައެކަނި ދިވެހި ރައްޔިތުންނަށް ކަމަށެވެ.
އަދި މަސްދަޅު ދޫކުރެވޭނީ ގޭގޭގެ ކަރަންޓް މީޓަރު ނަންބަރު ޗެކްކުރުމަށްފަހު، ބަލައި އަންނަ ފަރާތުގެ އައިޑީ ކާޑާއި ގުޅޭނެ ފޯނު ނަންބަރު ރެކޯޑު ކުރުމަށްފަހުގައެވެ.
އެސްޓީއޯ އިން އިތުރަށް ބުނި ގޮތުގައި މާލޭ ސަރަހައްދުގައި މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. އަދި މަސައްކަތް މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށެވެ. އެއީ މެންދުރުފަހު 2:30 އިން ހަވީރު 6:00 އާ ހަމައަށް އަދި ރޭގަނޑު 8:30 އިން 11:00 އާ ހަމައަށް ކަމަށްވެސް އެސްޓީއޯ އިން ހާމަކުރި މަޢުލޫމާތުގައި ބުނެފައިވެއެވެ.
މާލޭ ސަރަހައްދުގައި ޤާއިމުކުރެވޭ މަރުކަޒުތައް


މާލޭ ސަރަހައްދުގައި ރޯދަ ހަދިޔާ ދޫކުރުމަށް ޖުމްލަ 5 މަރުކަޒެއް ޤާއިމުކުރެވޭނެއެވެ. މީގެ ތެރޭގައި ހިމެނެނީ:

- މާލޭގައި މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާބެހޭ ބައި އަދި މިފްކޯ އޮފީސް ކޮމްޕައުންޑް،

- ވިލިމާލޭގައި ވިލިމާލޭ ކައުންސިލް އޮފީސް،

- ހުޅުމާލެ ފޭސް-1 ގައި އުމަރު ޒާހިރު ބިލްޑިންގ އަދި

- ހުޅުމާލެ ފޭސް-2 ގައި ހިޔާ ފްލެޓް ޓަވަރު 10 ގެ ޔޫތު ސެންޓަރު ހިމެނެއެވެ.

އަތޮޅުތަކަށް ފޮނުވާ މަސްދަޅު ކޭސްތައް އެސްޓީއޯއިން ވަނީ ފެބްރުއަރީ 5 ވަނަ ދުވަހުން ފެށިގެން ދޯނިފަހަރަށް އަރުވަން ފަށާފައެވެ. އެސްޓީއޯއިން ބުނި ގޮތުގައި ރަށްރަށުގެ ގޭބިސީތަކަށް މަސްދަޅުކޭސް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުންނެވެ.

މި ލިއުމާއި ގުޅޭ