ރަސްމީ ދަތުރެއްގައިި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހިމެނިވަޑައިގަންނަވާހެން މަޖިލީހުގެ މެންބަރުންގެ ވަފުދެއް އިންޑިއާއަށް މިއަދު ފުރާވަޑައިގެންފިއެވެ.
ރަސްމީ ދަތުރެއްގައިި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހިމެނިވަޑައިގަންނަވާހެން މަޖިލީހުގެ މެންބަރުންގެ ވަފުދެއް އިންޑިއާއަށް މިއަދު ފުރާވަޑައިގެންފިއެވެ.
އިންޑިއާގެ ލޮކް ސަބާގެ ރައީސްއާއި ރާޖްޔަ ސަބާގެ ޗެއަރމަންގެ ދަޢުވަތަކަށް މިއަދުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި މަޖިލީހުގެ ވަފުދުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން، މަޖިލީހުގެ ނުވަ މެންބަރުން ހިމެނިވަޑައިގަންނަވައެވެ.
މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގައި ލޮކް ސަބާގެ ރައީސްގެ އިތުރުން، އިންޑިޔާގެ ނައިބު ރައީސް އަދި ރާޖްޔަ ސަބާގެ ޗެއަރމަންއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އިންޑިއާ ސަރުކާރުގެ އިސް ބައެއް ވެރިންނާވެސް ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ މެންބަރުން:
- ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސެއިން ހަމީދު
- ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަފޫ ހާމިދު
- ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބް
- ބާރަދު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
- ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު
- ކެލާ ދާއިރާގެ މެންބަރު އަަބްދުﷲ ޝަރީފް
- ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން
- ގެމަނަފުށީ ދާއިރާގެ މެންބަރު އަސްއަދުﷲ ޝިހާބު
މަޖިލީހުގެ ރައީސް ހިމެނޭހެން މެންބަރުންގެ ވަފުދެއް މިއަދު އިންޑިއާއަށް ފުރާވަޑައިގެންފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ މަސައްކަތްތައް ފަށާފައިވަނީ މިއަދުއެވެ.