Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަޖިލިސް މެންބަރުން

ސިޔާސީ މުވައްޒަފުންނާއި، ކުންފުނިތަކުގެ މުސާރަތައް ކުޑަކުރުން މާދަމާ މަޖިލީހަށް

ދައުލަތުގެ ހަރަދު ކުޑަކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް ރުހުން ހޯދަން ރައީސުލްޖުމްހޫރިްޔާ ޑރ.މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ. އެމައްސަލަ ވަނީ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައެވެ.

ރައީސް ވަނީ ކުރިއަށް އޮތް ދެއަހަރަށް އެމަނިކުފާނުގެ މުސާރައިން %50 ނެންގެވުމަށް ނިންމަވައި ސިޔާސީ މުވައްޒަފުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި އުއްތަމަފަނޑިޔާރުގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ވެރިންނާއި މަޖިލީހުގެ މެމްބަރުންނާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް ދެ އަހަރު ދުވަހުގެ މުއްދަތަށް އުނިކުރުމަށް ނިންމަވައިފަ އެވެ.

އިއުލާން ކޮށްފައިވާ ރައްޔިތުން މަޖިލިސްގެ މާދާމާގެ ޖަލްސާގެ އެޖެންޑާގައި ވަނީ އިޤުތިޞާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަޤުޞަދުގައި ކުރިއަށް އޮތް ދެއަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކާއި ގުޅޭ ގޮތުން ރައީސް މުއިއްޒު ފޮނުވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެމައްސަލައާ ގުޅޭ ދާއިމީ ކޮމެޓީއަށް ފޮނުވުން ހިމަނާފައެވެ.

މީގެ ކުރިން ރައީސް މުއިއްޒު އިއުލާން ކުރައްވާފައިވާ ގޮތުގައި ސިޔާސީ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުމުގެ އިތުރުން ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެހެން ނަމަވެސް މުސާރަ ކުޑަކުޑާއިރު 12،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ ފަރާތްތައް އިސްތިސްނާކުރާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ކުންފުނިތަކުގެ ވެރިންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000ރ. ކަމަށް ވެސް މިހާރު ވަނީ ކަނޑައަޅާފައެވެ.

މާދަމާގެ ޖަލްސާއަށް ވަނީ އެންވާރްމަންޓް މިނިސްޓްރީ އާއި ޓްއަރިޒަމް މިނިސްޓްރީ އެއްކޮށްލުމަށްފަހު ވަޒީރުކަމަށް އައްޔަން ކުރެއްވި މިނިސްޓަރ އިބްރާހިމް ޠާރިގަށް ރުހުން ދިނުމުގެ މައްސަލަ ވެސް އެޖެންޑާ ކޮށްފައެވެ. އޭގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސް އައްޔަން ކުރުމުގެ މައްސަލަ އާއި އޭސީސީގެ ނައިބު ރައީސް އައްޔަން ކުރުމުގެ މައްސަލަ ވެސް ވަނީ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައެވެ.

މި ލިއުމާއި ގުޅޭ