Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ވީއައިއޭއަށްދާ މަގުގައި ކާރަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)އަށްދާ މަގުގައި ކާރަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން މީޑިއާއަށް ބުނީ މިއަދު މެންދުރުފަހު 1:50 ހާއިރު އެ މަގުގައި ކާރަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގި މައްސަލަ އެ އިދާރާއަށް ރިޕޯޓުކޮށްފައިވާކަމަށެވެ.
ފުލުހުން މަޢުލޫމާތު ދިންގޮތުގައި މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ. ނަމަވެސް، ޕިކަޕް ދުއްވި މީހާގެ މޫނަށް ބިއްލޫރި ބުރައިގެން ގޮސްފައިވާތީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ޗެކަޕް ހަދާފައިވާކަމަށް ބުނެފައިވެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި ހިމެނޭ ދެ އުޅަނދުވެސް ދުއްވާފައިވަނީ އެ ކެޓަގަރީގެ ލައިސަންސް އޮންނަ ދެ މީހުންކަމަށެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު ނުދިން ނަމަވެސް ފުލުހުން ބުނީ މި މައްސަލައިގެ ތަހްގީގު އެ އިދާރާއިން ކުރިއަށް ގެންދާކަމަށެވެ.
މި ލިއުމާއި ގުޅޭ