މާލީ ދާއިރާއިން ފަންނީ މީހުން ބިނާކުރުމާއި ގުޅޭ ހާއްސަ ސްކޮލަޝިޕް ޕްރޮގްރާމެއް، ޕެންޝަން އޮފީހުން ތައާރަފުކޮށްފިއެވެ.
އެ އޮފީހުން ބުނީ މި ޕްރޮގްރާމުގެ ދަށުން ކިޔެވުމަށް ކަނޑައަޅާ ދާއިރާތަކާއި ސްކޮލަަޝިޕްގެ އަދަދު ޕެންޝަން އޮފީހުން އަހަރަކު އެއް ފަހަރު އިއުލާންކުރާނެކަމަށެވެ.
އެ އޮފީހުން ބުނިގޮތުގައި މެރިޓް ބޭސްޑް ޕްރޮގްރާމެއްގެ ގޮތުގައި ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ، ދުނިޔޭގެ ޔުނިވަސިޓީ ރޭންކިންއަށް ބަލައި ފެންވަރު ރަނގަޅު ޔުނިވަސިޓީތަކުން އަންޑަގްރެޖުއޭޓް އަދި ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމުތަކުގައި ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ޕްރޮގްރާމެކެވެ.