Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަތުރުވެރިން އަންނަ މިންވަރު

މިދިޔަ ހަފްތާގައި ރާއްޖެއަށް ބައި ލައްކައެއްހާ ފަތުރުވެރިން

މިދިޔަ ހަފްތާގައި ރާއްޖެއަށް ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި، މިދިޔަ ހަފްތާތެރޭ ރާއްޖެއަށް 55،558 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 52،511 ފަތުރުވެރިންނާއި އަޅާބަލާއިރު ފަސް އިންސައްތަ އިތުރު އަދަދެކެވެ. އަހަރުގެ މިހާތަނަށް އެއް ދުވަސްތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މި މަހުގެ އެއް ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށްވަނީ 9،495 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކުވެސް 7000އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާކަމަށް ވެސް ތަފާސްހިސާބުތަކުން ހާމަވެއެވެ.

މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 279،916 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒޔާރަތްކޮށްފައިވާ 251،503 ފަތުރުވެރިންނާ އަޅާ ބަލާއިރު 11.2 އިންސައްތަ އިތުރު އަދަދެކެވެ. ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. ޗައިނާއިން އަހަރުގެ މިހާތަނަށް ވަނީ ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވަނީ ރަޝިއާއިންނެވެ.

ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން %69.7 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އަދި %25.4 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓުހައުސްތަކުގައެވެ.

މި ލިއުމާއި ގުޅޭ