Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެރިން ރިސާޗު ސެންޓަރު

މެރިން ރިސާޗަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ޝަކީލް ނިޔާވެއްޖެ

މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓަށް ދިގު މުއްދަތެއްވަންދެން ޚިދުމަތް ކުރައްވާފައިވާ ޙަސަން ޝަކީލް ނިޔާވެއްޖެއެވެ.

ޝަކީލް ނިޔާވި އިރު ޢުމުރަކީ 64 އަހަރެވެ. ޝަކީލް ނިޔާވިއިރު ހުންނެވީ އެ އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ. އޭނާ ވަނީ އެ އިންސްޓިޓިއުޓަށް 40 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައެވެ. ޙަސަން ޝަކީލް ކުއްލިއަކަށް ނިޔާވުމާއި ގުޅިގެން މެރިން ރިސާޗް އިންސްޓިޓިއުޓުން ތައުޒިޔާ ދަންނަވާފައިވެއެވެ.

މެރިން ރިސާޗް އިންސްޓިޓިއުޓުން ކުރި ޕޯސްޓުގައިވާ ގޮތުން ޝަކީލަކީ މެރިން ރިސާޗްގެ ދާއިރާއިން މީހުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އަކީ އެތަނަށް އެންމެ ގިނަ ދުވަހު ހިދުމަތްކުރެއްވި ބޭފުޅާ ކަމަށް ބުނެފައިވެއެވެ. ޝަކީލް ނިޔާވުމާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީން ކުރި ޕޯސްޓެއްގައި ވިދާޅުވީ އެ ވުޒާރާއަށް ގިނަގުނަ ހިދުމަތްތަކެއް ކުރެއްވި ޝަކީލް ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި ހަބަރު އެހީ ފުން ހިތާމައާއިއެކުގައި ކަމަށެވެ.

އެ މިނިސްޓްރީގެ ޕޯސްޓްގައި އިތުރަށް ބުނީ ޝަކީލު ވަކިވެވަޑައިގަތުމުގެ ފުން ހިތާމައިގައި ބައިވެރިވާ ކަމަށެވެ.

މި ލިއުމާއި ގުޅޭ