Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޫރިދޫ

އުރީދޫ އިން ރާއްޖެއަށް ސެމްސަންގް އީސިމް ވެއާބަލްސް ތައާރަފްކުރަނީ

އުރީދޫއިން ރާއްޖޭގައި އަލަށް ސެމްސަންގް އީސިމް ވެއާބަލްސް ތައާރަފްކުރުމަށް ތައްޔާރުވެއްޖެއެވެ.

ރާއްޖޭގައި އީސިމް ވެއާބަލް ހިދުމަތެއް ތައާރަފްކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށް އުރީދޫއިން ބުނީ މިއީ ކަސްޓަމަރުންނަށް ކައިރީގައި ފޯނު ބޭނުން ނުކޮށް ސްމާޓްވޮޗުން ސީދާ ގުޅާލެވޭ ގޮތަށް، ފުރުސަތު ފަހިކޮށްދޭ ހިދުމަތެއް ކަމަށެވެ.

އުރީދޫ އިން ބުނީ މި ހިދުމަތާއެކު ފޯނު ބޭނުންކުރާ ފަރާތްތަކަށް އެމީހުންގެ ސެމްސަންގް ސްމާޓްވޮޗުން ކޯލްކޮށް، މެސެޖް ފޮނުވުމާއި، މިއުޒިކް ސްޓްރީމްކުރުމުގެ އިތުރުން، ފޭވަރިޓް އެޕްލިކޭޝަންތަކާ ގުޅުވާލެވޭނެ ކަމަށާއި އީސިމް ފަންކްޝަނަލިޓީގެ ސަބަބުން މެދުނުކެނޑި ކަނެކްޓިވިޓީ ކަށަވަރުވެ، ކަސްޓަމަރުންނަށް އިތުރު މިނިވަންކަމާއި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އުރީދޫގައި އަޅުގަނޑުމެން މިތިބީ އެންމެ ފަހުގެ އިނޮވޭޝަންތައް ކަސްޓަމަރުންނަށް ގެނެސްދީ، ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުން އިތުރަށް ފުރިހަމަ ކުރުމަށް. ސެމްސަންގް އީސިމް ވެއާބަލްސް އާ އެކު ކަނެކްޓިވިޓީގެ އިތުރު ފުރުސަތުތައް ހުޅުވި، ކަސްޓަމަރުންނަށް ފޯނާ ނުލާވެސް ގުޅައިގެން ތިބުމަށާއި ފިޓްނަސް ޓްރެކްކޮށް، އެމީހުންގެ ދުވާލުގެ ހަރަކާތްތައް ފަސޭހަކަމާ އެކު ބެލެހެއްޓުމަށް މަގުފަހިވެގެންދާނެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ޚާލިދު އަލް- ހަމާދީ

މި ހިދުމަތާއި ގުޅިގެން ސެމްސަންގް ސްރީލަންކާ އެންޑް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ސަންގްވާ ސޯންގް ވިދާޅުވީ ސެމްސަންގް އަކީ ޒަމާނީ ވެއާބަލް ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް ހާއްސަވެފައިވާ ކުންފުންޏެއް ކަމަށާއި އެ ޓެކްނޮލޮޖީގެ ސަބަބުން ކަސްޓަމަރުންގެ ދިރިއުޅުން ހަރުދަނާ ކޮށްދެނީ މެދުކެނޑުމެއް ނެތި ކަނެކްޓިވިޓީގެ ޒަރިއްޔާއިން ކަމަށެވެ.

އުރީދޫ އާއި ގުޅިގެން، ސެމްސަންގް ސްމާޓްވޮޗްތަކުގައި އީސިމް ގެ ފަންކްޝަނަލިޓީ ތަޢާރަފްކޮށް، ކަސްޓަމަރުން ކޮންމެވަގުތަކުވެސް، ކޮންމެ ތަނެއްގައިވެސް، ފޯނު ބޭނުން ގުޅާލެވިފައި ތިބުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް ސަންގްވާ ސޯންގް ވިދާޅުވިއެވެ.

ސެމްސަންގް އީސިމް ވެއާބަލްގެ ހިދުމަތް އުރީދޫގެ ކަސްޓަމަރުންނަށް އަންނަ މަހުގެ ތެރޭގައި ލިބިގެންދާނެ ކަމަށާއި އެގޮތުން މިހާރު ބޭނުންކުރާ މޯބައިލް ނަމްބަރާއެކު ސްމާޓްވޮޗް އެކްޓިވޭޓް ކުރެވޭނެ ކަމަށް އުރީދޫއިން ބުނެފައިވެއެވެ.

މީގެ އިތުރުން އުރީދޫ އިން ބުނީ ސަޕޯޓްޑް ޑިވައިސްތަކާއި އެކްޓިވޭޝަން ސްޓެޕްތައް ހިމެނޭ ގޮތަށް އިތުރު ތަފްސީލްތައް ކުރިއަށް އޮތް ދުވަސްތަކުގައި އިއުލާނު ކުރާނެ ކަމަށެވެ.

މި ލިއުމާއި ގުޅޭ