Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކްރިމިނަލް ކޯޓު

އައިޖީއެމްއެޗުން ވައްކަން ކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރަށް

އައިޖީއެމްއެޗުން ވައްކަން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދަފްތަރު ނަންބަރު ރސ362\49\ އުމުރުން 46 އަހަރުގެ މުހައްމަދު އިބްރާހިމް އަދި ގ.ގަޞްރު އުމުރުން 40 އަހަރުގެ ޠަލާލް މުހައްމަދު އެވެ.

މި ދެމީހުންގެ ބަންދުގެ މުއްދަތު ޖަހައި ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުން އެނގޭ ގޮތުގައި މި ދެމީހުން ވެސް ހައްޔަރުކޮށްފައިވަނީ ހައްޔަރުކުރުމުގެ އިޖުރާއަތްތަކާއި އެއްގޮތަށެވެ.

ބަންދު އަމުރުން އެނގޭ ގޮތުގައި މި ދެމީހުންގެ މައްޗަށް ވެސް އައިޖީއެމްއެޗް ތެރެއިން ވައްކަން ކުރިކަމަށް ތުހުމަތު ކުރެވެއެވެ. ހޮސްޕިޓަލް މުވައްޒަފަކު ހުއްދަ ދީގެން އެތަނުގައި ހުރި އެލުމިނިއަމްތަކެއް ނެގީކަމަށް ދެ މީހުން ވެސް ޝަރީއަތުގައި ބުނި ނަމަވެސް ދެމީހުންނަށް ވެސް ހުއްދަ ދިނީ ކޮން މުވައްޒަފަކު ކަމެއް ބުނެދެވިފައެއް ނުވެއެވެ.

އައިޖީއެމްއެޗުން ވައްކަން ކުރުމުގައި ބައިވެރިވެފައި ނުވާކަމަށާއި އެތަނަށް ދިޔައީ ރައްޓެއްސަކު ފެނިގެންކަމަށް ޠަލާލު ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވާ ކަމަށާއި ނަމަވެސް ފުލުހުންގެ ހާދިސާ ރިޕޯޓުގައި އޭސީ އެއްގެ ބައިތަކެއް ވަގަށް ނަގަން އުޅުނު ކަމަށް ކަން ބަންދު އަމުރުން އެނގެއެވެ.

މީގެ އިތުރުން މިދެމީހުންނަކީ ވެސް ބަންދު ރެކޯޑުގައި ގިނަ އަދަދަކަށް ވައްކަމާއި މަސްތުވާތަކެއްޗާއި ގުޅުން ހުރި ރެކޯޑު ހިމެނޭ ދެމީހުން ކަން ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ