Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލީ ވުޒާރާ

ނަޑެއްލާ އައު ބަނދަރު ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދަނީ

ގދ. ނަޑެއްލާ އައު ބަނދަރު ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް އެންޑް ޕްލޭނިންގ މިނިސްޓްރީ އިން އިއުލާނުކޮށްފިއެވެ.
އެ މިނިސްޓްރީ އިން ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ އެދުމުގެ މަތިން ނަޑެއްލާ އައު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށާއި ވުމާއެކު މި މަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
މި ބީލަން ކުރިއަށް ގެންދާނީ އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރާތަތަކުގެ ގަވާއިދު، ނޭޝަނަލް ޓެންޑަރުން ކުރިއަށްގެންދާ އިމާރާތް ކުރުމުގެ މަސައްކަތްތައް އެވޯޑު ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު، ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގެ އިތުރުން އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައި.ސީ.ބީ) އުސޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފައިވެއެވެ. އަދި މި މަސައްކަތަށް ކުރިމަތިވާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތައް އިވެލުއޭޓް ކުރެވޭ ކްރައިޓީރިއާ ބީލަންފޮތުގައި ބަޔާން ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.
މިނިސްޓްރީ އިން ބުނީ މި ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާ ގެ ނޮން- ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށާއި ފައިސާ ބަލައިގަންނާނީ 10 ފެބްރުއަރީ 2025 އިން ފެށިގެން 20 ފެބްރުއަރީ 2025 އާއި ހަމައަށް ކަމަށާއި ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް ބަނޑޭރި ޕޭ މެދުވެރިކޮށް ކަމަށެވެ.
ނަޑެއްލާ އައު ބަނދަރު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓުގެ ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދުވެރިކޮށް 25 ފެބްރުއަރީ 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ކަމަށް މިނިސްޓްރީ އިން ބުނެފައިވެއެވެ. އަދި މި ޕްރޮޖެކްޓުގެ ބިޑު ހުޅުވުން އޮންނާނީ މި މަހުގެ 26 2025 ވަނަ ދުވަހުގެ 13:00 ގައި ކަމަށެވެ.
ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 18 ފެބްރުއަރީ 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން މެއިލް ކުރުމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފައިވެއެވެ.
މީގެ އިތުރުން އެ މިނިސްޓްރީ އިން ބުނީ ބީލަން ޕޯޓަލް މެދުވެރިކޮށް ބީލަން ހުށަހެޅޭނީ ބީލަން ޕޯޓަލްއަށް ރަޖިސްޓްރީވާ ފަރާތްތަކަށް ކަމަށާއި މި މަސައްކަތަށް ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީހުގެ މަދުވެގެން 3 ދުވަސް ކުރިން ބީލަން ޕޯޓަލް ރަޖިސްޓަރޭޝަން ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ. އަދި ބީލަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ބިޑު ފިޔަވައި އެހެން އެއްވެސް ބިޑެއް ބަލައި ނުގަނެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
މި ލިއުމާއި ގުޅޭ