Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަސްތުވާތަކެތި ޓްރެފިކްކުރުން

ޑްރަގް އޮޕަރޭޝަންތަކުން އެންމެ ބޮޑު ކާމިޔާބީއެއް ފުވައްމުލަކުން؛ ނެޓްވޯކްތައް ނައްތާލައިފި

މަސްތުވާތަކެތީގެ ވަބާ ފުހެލުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެންމެ ބޮޑު ކާމިޔާބެއް ހޯދުނީ ފުވައްމުލަކު ސިޓީން ކަމުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރު އިއްވެވި ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ދައުލަތުގެ މީޑިއާއިން ގެނެސްދިން ފޯރަމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފުވައްމުލަކުގެ ސިޓީގައި ހަރަކާތްތެރި ވަމުންދިޔަ ޑްރަގު ނެޓްވޯކްތައް ނައްތާލާފައިވާ ކަމަށެވެ.

މަސްތުވާތަކެތީގެ ވަބާ ފުހެލުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ފުވައްމުލަކުގައި ޑްރަގު ކެފޭތައް ހަދައިގެން ހިންގަމުން ދިޔަ މީހުންގެ މަސައްކަތް ހުއްޓުވައި، ޑްރަގް ކެފޭތައް ހިންގަންް އިސްކޮށް ތިބި މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

"އެންމެ އިސްކޮށް ތިބި މީހުން މަނީ ލޯންޑްރިންގެ ކުށުގައި ހައްޔަރުކޮށް ދެވެން އޮތް އެންމެ ހަރުކަށި އަދަބު މިހާރު އެ ދަނީ ދެމުން،" އިހުސާން ވިދާޅުވިއެވެ.

ފުވައްމުލަކުގައި ފުލުހުން ހިންގި މި އޮޕަރޭޝަނުގައި 4،048 އަށް ހޮޓްސްޕޮޓު ބަލައި، 1،147 މީހަކާ ސުވާލު ކޮށްފައިވެއެވެ. އަދި 58 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެ ވިޔަފާރިން ލިބޭ ފައިސާ މަނީލޯންޑާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ހިމެނެއެވެ.

އެއީ ފުވައްމުލައް، ދޫޑިގަން، ޒަމާނީގެ، ހަސަން އާޒިމް (29އ.) އަދި ދޫޑިގަން، ކަރަންކާވިލާ، އަހްމަދު ނިއުޝާދު (34އ.) އެވެ.

ނިއުޝާދުގެ އެކައުންޓު މެދުވެރިކޮށް ފަސް އަހަރު ތެރޭގައި 21 މިލިއަން ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށާއި، އާޒިމްގެ އެކައުންޓު މެދުވެރިކޮށް ފާއިތުވި ދެ އަހަރު ތެރޭގައި ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތްތައް ހިންގާފައިވާ ކަމަށް ފުލުހުން މީގެކުރިން ހާމަކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުންވަނީ 21 މީހެއްގެ އެކައުންޓު ހިފަހައްޓާފައެވެ.

އެ މީހުންގެ މައްޗަށް ތުހުމަތުވާ 75 މައްސަލައެއް ތަހުގީގުކޮށް އެއިން 65 މައްސަލައެއްގައި ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

މި ލިއުމާއި ގުޅޭ