Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނޯވޭ

ޣައްޒާ ރައްޔިތުން އެހެންތަނަކަށް ބަދަލުކުރާ ވާހަކައަށް ނޯވޭއިން ވެސް ދެކޮޅުހަދައިފި

ޣައްޒާ ރައްޔިތުން އެހެންތަނަކަށް ބަދަލުކުރާން ދައްކަމުންދާ ވާހަކައަށް ނޯވޭއިން ވެސް ރައްދު ދީ އެކަން ކުށްވެރިކޮށްފިއެވެ.

ނޯވޭއިން ހުކުރު ދުވަހު ބުނެފައިވަނީ ޣައްޒާގެ ރައްޔިތުން އެހެން ޤައުމުތަކަށް ބަދަލުކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން މަނާކަމެއް ކަމަށެވެ.

ނޯވޭއިން މިހެން ބުނެފައިވަނީ އިޒްރާއީލުގެ ދިފާއީ ވަޒީރު އިޒްރާއީލް ކަޓްޒް ދިން ބަޔާނަކަށް ޖަވާބު ދިނުމުގެ ގޮތުންނެވެ.

ނޯވޭގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ އެންޑްރިއޑްރިއާސް ކްރަވިކް ވިދާޅުވީ ފަލަސްތީނަކީ ފަލަސްތީނު ރައްޔިތުންގެ މާދަރީ ވަޠަން ކަމަށެވެ. އަދި ފަލަސްތީނު ރައްޔިތުންނަށް އަމިއްލަ ދައުލަތެއް އުފެއްދުމުގެ އަސާސީ ޙައްޤު ލިބިގެންވާ ކަމަށެވެ.

"ފަލަސްތީނު ރައްޔިތުންނަށް އަމިއްލަ ގޮތް ކަނޑައެޅުމުގެ އަސާސީ މިނިވަން ޙައްޤާއި އަމިއްލަ ދައުލަތެއް އޮތުމުގެ ޙައްޤު ލިބިގެންވޭ،" ކްރަވިކް ވިދާޅުވިއެވެ. "މިއީ 1947 ގައި އދ. އިން ފާސްކުރި ބައިކުރުމުގެ ޕްލޭންގެ އަސާސް ވެސް މެއެވެ. އޭގެ ފަހުން 1949 ގައި ނޯވޭ އާއި އެހެން ގިނަ ޤައުމުތަކުން އިޒްރާއީލް ބަލައިގަތީއެވެ." އޭނާ ވިދާޅުވިއެވ.ެ

އިޒްރާއީލުގެ ދިފާއީ ވަޒީރު އިޒްރާއީލް ކަޓްޒް ބުރާސްފަތި ދުވަހު ބުނީ ސްޕެއިން، އަޔަލޭންޑް އަދި ނޯވޭ ފަދަ ޤައުމުތަކުން ޣައްޒާގެ ރައްޔިތުން ބަލައިގަންނަން ޖެހޭނެ ކަމަށެވެ. މި ޤައުމުތަކުން ވަނީ މިދިޔަ މެއި މަހު ފަލަސްތީނު ދައުލަތް ބަލައިގަނެފައެވެ. އަދި ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާ މެދު ފާޑުކިޔާފައެވެ.

ނަމަވެސް ކްރަވިކް ވިދާޅުވީ ހިފާފައިވާ ބިންތަކުން މަޖުބޫރުން އާންމުން އެހެން ޤައުމުތަކަށް ބަދަލުކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން މަނާކަމެއް ކަމަށެވެ.

ސްޕެއިން އާއި އަޔަލޭންޑުން ވެސް ވަނީ ކަޓްޒްގެ ބަހަށް ފާޑުކިޔާ، ފަލަސްތީނު ރައްޔިތުން އެމީހުންގެ ގެތަކަށް އަމާންކަމާއެކު އަނބުރާ ދިއުމަކީ އެމީހުންގެ މަޤްޞަދު ކަމުގައި ބުނެފައެވެ.

މި ލިއުމާއި ގުޅޭ