Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ ޝަފީޢު

ފާއިތުވީ 15 އަހަރު ޕްރައިމަރީ ތަޢުލީމަށް އަހަމިއްޔަތުކަން ދީފައިނުވޭ - މިނިސްޓަރ ޝަފީޢު

ފާއިތުވީ 15 އަހަރު ރާއްޖޭގެ ސަރުކާރުތަކުން ޕްރައިމަރީ ތަޢުލީމަށް އަހައްމިއްޔަތުކަން ދީފައި ނުވާކަމަށް އެޑިއުކޭޝަން މިނިސްޓަރ އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝަފީޢު މިފަދައިން ވިދާޅުވީ ރިޔާސީ ބަޔާން 2025 ފޯރަމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ ވިދާޅުވީ ފާއިތުވީ 15 އަހަރުގެ ތެރޭގައި އެއްވެސް ރައީސަކު ޕްރައިމަރީ ތަޢުލީމުގެ ވާހަކަ ދައްކާފައިނުވާކަމަށެވެ. އަދި ކުރީގެ ހުރިހާ ރައީސުންވެސް ދައްކަވާފައިވަނީ އޯލެވެލް ނުވަތަ އޭލެވެލް ނަތީޖާ މަތިކުރުމުގެ ވާހަކަ ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ފާއިތުވި 15 އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްވެސް ރައީސަކު ޕްރައިމަރީ ތަޢުލީމުގެ ވާހަކަ ދައްކަވާފައި ނުވާކަން ފާހަގަކުރެވޭ. އޭގެ ބަދަލުގައި އޯލެވެލް އަދި އޭލެވެލް ނަތީޖާ މަތިކުރުމުގެ ވާހަކަ ދެކެވެމުން ދިޔަ ނަމަވެސް، އެކަން ވަނީ ޙާޞިލު ނުވެ.
މިނިސްޓަރ އިސްމާޢީލް ޝަފީޢު

އަދި ރައީސްގެ ރިޔާސީ ބަޔާނުގައި ޕްރައިމަރީ ތަޢުލީމަށް އިސްކަންދެއްވާކަން ހާމަކުރެއްވުމަކީ އެންމެ ހަގު އުމުރުން ފެށިގެން ތަޢުލީމީ ދާއިރާގައި ނުކުރެވި ހުރި ކަންތައްތަކަށް އިސްކަންދީގެން ޤައުމު ބިނާކުރުން ކަން ސާފުވެގެންދާކަމެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ޕްރައިމަރީ ތަޢުލީމަކީ ހުރިހާ ތަޢުލީމެއްގެ ބިންގަލަށްވެފައި، މިހާރު ރާއްޖޭގެ ޕްރައިމަރީ ތަޢުލީމު އޮތީ ކަންބޮޑުވާ މިންވަރެއްގައި ކަމަށެވެ. މިގޮތުން ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުން ދިވެހި، ހިސާބު އަދި އިނގިރޭސި މާއްދާގެ ނަތީޖާ ކަންބޮޑުވާ މިންވަރަށް ދަށަށް ގޮސްފައިވާކަން މިނިސްޓަރ ފާހަގަކުރއްވިއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ދުވަހު ދެއްކެވި ވާހަކަފުޅުގައި، ޤައުމެއް އާރާސްތުކުރެވޭނީ ޢުމްރާނީ އަދި ޢިލްމީ ގޮތުން ތަރައްޤީކޮށްގެން ވިދާޅުވެފައިވާކަމަށާއި މި އަހަރުގެ ބަޖެޓުގައި ވެސް ގެދޮރުވެރިކަމަށް ފަހު އެންމެ އިސްކަމެއް ދެއްވާފައިވަނީ ތަޢުލީމީ ދާއިރާގެ އިންވެސްޓްމަންޓްތަކަށްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ލިއުމާއި ގުޅޭ