Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލިފާނުގެ ޙާދިސާ

ކުއްޅަވައްގަސްދޮށުގޭ އަލިފާނުގެ ހާދިސާ: 41 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފި

ހ. ކުއްޅަވައްގަސްދޮށުގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 41 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފި ކަމަށް ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ ހާދިސާގެ ސަބަބުން 15 އެޕާޓްމަންޓަކުން މީހުން ހުސްކުރަން ޖެހުން ކަމަށެވެ. އޭގެތެރެއިން 10 ގޭބީސީއެއްގެ 41 މީހަކަށް އެ އޮތޯރިޓީން އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ.

ބާކީ 5 ގޭބީސީން އަމިއްލަ ވަގުތީ ބޯހިޔާވަހިކަމަށް އަމިއްލައަށް އެދިގެން ބަދަލުވި ކަމަށްވެސް އެންޑީއެމްއޭއިން ބުންޏެވެ.

ހ. ކުއްޅަވައްގަސްދޮށުގޭގައި ހިނގި އަލިފާނުގެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުނީ ރޭ (5 ފެބުރުވަރީ) 22:10 ހާއިރުއެވެ. ފަޔަރފައިޓަރުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލެވުނީ 23:25 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ އިރު، އެ ފަންގިފިލާގައި ހުރި ބައެއް ސާމާނަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.
މި ލިއުމާއި ގުޅޭ