Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފުލެޓު ލިސްޓު

މި މަސްތެރޭގައި ފްލެޓު ލިސްޓު އިއުލާން ކުރަނީ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު މި މަސް ނިމުމުގެ ކުރިން އިއުލާން ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ އަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، އިންޑިއަން އެގްޒިމް ބޭންކުގެ ލޯނުގެ އެހީގައި ކުރިއަށް ގެންދާ 4،000 ފްލެޓް ނިންމުމާއި އެ ތަންތަން ލިބޭނެ ކަމަށް އިއުލާން ކޮށްފައިވާ 4،000 މީހުންގެ ލިސްޓާ ގުޅިގެން އޭސީސީންގެ އެންގުންތަކާ އެކު، އެ ލިސްޓުގެ ސައްހަކަން ބެލުމަކީ މި ސަރުކާރުން ހައްލު ކުރަން ޖެހިފައިވާ ވަރަށް ހައްސާސީ މައްސަލައެއް ކަމަށެވެ.

ރައީސް ވިދާޅުވީ މި މަހު 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓު އިއުލާންކޮށް، ސެޕްޓެމްބަރުގެ ކުރިން ފްލެޓްތައް ހަވާލުކޮށް ނިންމާނެ ކަމަށެވެ.

ރައީސް ވަނީ ކުރިއަށް މިއޮތް ރޯދަ މަހުގެ ކުރިން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓަށް އުސޫލުގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ލިސްޓު އާންމު ކުރައްވާނެކަމަށް މީގެކުރިން ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައެވެ.

ނިމުނު އެމްޑީޕީ ސަރުކާރުން އެކުލަވައިލި ފްލެޓު ކޮމިޓީގެ ސިޔާސީ މެންބަރުންނަށް އުސޫލާ ހިލާފަށް ފްލެޓު ލިބޭ ގޮތަށް މާކްސް ބަދަލުކޮށްފައިވާ ކަމަށާއި، ކުރީ ސަރުކާރުގެ އިސްވެރިންގެ އާއިލީ މީހުންނާއި ނުފޫޒު ގަދަ އާއިލާތަކުގެ ގިނަ ބަޔަކަށް ވެސް ފްލެޓުތައް ބަހާލާފައިވާ ކަމަށް ސަރުކާރުން މީގެކުރިން ވަނީ ބުނެފައެވެ.
ބޭނުންފުޅުވެލައްވަނީ ނަޒާހަތްތެރިކަމާއެކު އެންމެ އިންސާފުވެރިކޮށް، އިއުލާން ކޮށްފައިވާ ޝަރުތުތަކުގެ ތެރެއިން ޕޮއިންޓް ނިޒާމާ އެއްގޮތަށް ތަރުތީބުން 4،000 ފްލެޓް ދޫކުރުމަށް ކަމުގައި ރައީސް ވިދާޅުވެފައިވެއެވެ.
މި ލިއުމާއި ގުޅޭ