ވިޒިޓް މޯލްޑިވްސް (ވީއެމްސީ) އިން އިންތިޒާމްކުރާ "ބުރުނު ބޮމަ" މުބާރާތަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިކަމާއި ގުޅިގެން ވީއެމްސީ އިން ބުނީ "ބުރުނު ބޮމަ" ސްޕޯޓްސް ފިޝިން މުބާރާތަކީ ބައިނަލްއަގްވާމީ މަސްވެރިކަމަށް ޝައުރުވެރިވާ ފަރާތްތަކާއި ރާއްޖޭގެ ކުޅިވަރު މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިން ޝައުގުވެރިކުރުވުމަށް ފަރުމާކޮށްފައިވާ ހާއްސަ މުބާރާތެއްކަމަށާއި މި މުބާރާތުގައި ކެޗް އެންޑް ރިލީޒް މެތަޑަށް އަލިއަޅުއްވާލާފައިވާއިރު އެކުވެރި ވާދަވެރި މަސްވެރިކަމުގައި ބައިވެރިވާއިރު ކަނޑުގެ ވަށައިގެންވާ ސަރަހައްދުތަކާއި ކަނޑުއަޑީގެ ދިރުންތައް ހިމާޔަތްކުރުމަށް ބާރުއެޅިގެންދާނެ ކަމަށެވެ.
މި އިވެންޓަކީ ދުނިޔޭގެ ކުޅިވަރު މަސްވެރިންގެ މެދުގައި ފޯރި ނަގާނެ ހަރަކާތެއް ކަމަށާއި މި މުބާރާތް ކުރިއަށްދާނީ ރާއްޖޭގެ މުއްސަނދި ކަނޑުގެ ސަރަހައްދުހައި ކަމަށް ވީއެމްސީ އިން ބުނެފައިވެއެވެ. އަދި މި މުބާރާތް ރާއްޖޭގެ ހިތްގައިމު ކަނޑުގެ ސަރަހައްދުގައި 10،000 ޑޮލަރުގެ އަގުހުރި އިނާމު ޗެމްޕިއަން ޓީމަށް ލިބިގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
"އާލީ ބާޑް" ރަޖިސްޓްރީ ކުރުމުގެ ސުންގަޑި އަކީ 15 ފެބްރުއަރީ 2025 ވަނަ ދުވަސް ކަމަށާއި ފައިނަލް ރަޖިސްޓްރޭޝަން ސުންގަޑި އަކީ 01 އޭޕްރީލް 2025 ވަނަ ދުވަސް ކަމަށް ވީއެމްސީ އިން ބުނެއެވެ.
"އާލީ ބާޑް" އަކީ "އާލީ އެޑްވާންޓޭޖް" ހޯދަން ބޭނުންވާ ފަރާތްތަކަށް ބައިވެރިވުމަށް ހުޅުވާލާފައިވާ ފުރުސަތެކެވެ.
ވިޒިޓް މޯލްޑިވްސް ކްލަބް (ވީއެމްސީ) އަކީ ދުނިޔޭގެ އެންމެ މަތީ މަންޒިލެއްގެ ގޮތުގައި ރާއްޖެ ކުރިއެރުވުމަށް އެންމެން ގުޅިގެން ތަފާތު އިވެންޓުތައް މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހަރުދަނާކުރުމަށްޓަކައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) ގެ މުވައްޒަފުން އިސްނަގައިގެން އުފައްދާފައިވާ ކްލަބެކެވެ.
"ބުރުނު ބޮމަ" ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހުގައެވެ.