Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

ޗައިނާއަށް ކަޅުބިލަމަހުގެ ބާވަތްތަށް އެކްސްޕޯޓުކުރަން މަޝްވަރާކޮށްފި

ކަޅުބިލަމަހުގެ ބާވަތްތައް ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރުމަށް މަޝްވަރާކޮށްފިއެވެ.

ކަޅުބިލަމަހުގެ ބާވަތްތަށް ޗައިނާއަށް އެކްސްޕޯޓުކުރަން ނިންމާފައި ވަނީ މޯލްޑިވިއަންގެ އެއާބަސް އޭ330 މެދުވެރިކޮށެވެ. ފިޝަރީޒް މިނިސްޓްރީގައި އޮތް މި ބައްދަލުވުމުގައި މިފްކޯއާއި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އަދި މޯލްޑިވިއަންގެ އިސްވެރިންނާއި ބައިވެރިވެފައިވެއެވެ.

މި ބައްދަލުވުމުގައި، މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓުން ޗައިނާއަށް ދަތުރުތައް ފަށާފައިވާއިރު ދިވެހި މަސްވެރިކަމުގެ ސިނާއަތަށް މިކަމުގެ ސަބަބުން ލިބެން ހުރި ފައިދާތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެއިތުރުން މިފްކޯ، އެމްއެސްއެސް، މޯލްޑިވިއަން އަދި މި ސިނާއަތުގެ ސަޕްލަޔަރުންގެ ހުރި ވަސީލަތްތައް ބޭނުންކޮށްގެން ކަޅުބިލަމަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމަށް ވާހަކަދެއްކިފައިވާކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މޯލްޑިވިއަން އިން މިދިޔަ ޖެނުއަރީ މަހު އަލަށް ގެނައި އެއާބަސް އޭ 330 މަރުކާގެ ބޯޓުން ޗައިނާއަށް ސީދާ ދަތުރުތައް ވަނީ ފަށާފައެވެ.

މި ލިއުމާއި ގުޅޭ