Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސިވިލް ސާވިސް ކޮމިޝަން

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއަށް ޕީއެސްއެއް ހޯދަން އިއުލާނުކޮށްފި

މިިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓަށް ޕާމަނަންޓް ސެކްރެޓަރީއަކު ހޯދުމަށް ސިވިލް ސާވިސް ކޮމިޝަނުން އިއުލާނުކޮށްފިއެވެ.
އެ ކޮމިޝަނުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ސިވިލް ސާވިސްގެ ޤާނޫނާއި ގަވާއިދުގެ 29 ވަނަ މާއްދާގައިވާ ގޮތުގެ މަތިނ،ް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓަށް ޕާމަނަންޓް ސެކްރެޓަރީއަކު ހަމަޖެއްސުމަށްޓަކައ،ި އެ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލާ ކަމަށެވެ.

މަގާމަށް ކުރިމަތި ލުމުގެ ޝަރުތުތައް:

- ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު؛ ސަރުކާރުގައ،ި ނުވަތަ ޕަބްލިކ،ް ޕްރައިވެޓް ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 6 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު؛ ސަރުކާރުގައ،ި ނުވަތަ ޕަބްލިކ،ް ޕްރައިވެޓް ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
ޕާމަނަންޓް ސެކްރެޓަރީ ގެ މަގާމުގެ އަސާސީ މުސާރައަކީ މަހަކު 20،500.00 ދިވެހި ރުފިޔާ ކަމަށާއި ލިވިން އެލަވަންސް ގެ ގޮތުގައި މަހަކު 15،000.00 ދިވެހި ރުފިޔާ ކަމަށް ވެސް ސިވިލް ސާވިސް އިން ބުނެފައިވެއެވެ.
އެ އިދާރާއިން ބުނީ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމ،ަ އެ ކޮމިޝަނުގެ ފޯނު ނަންބަރު 3307365 އާ ގުޅުމަށް އެދޭ ކަމަށެވެ.
މި ލިއުމާއި ގުޅޭ